Advertisement
ކ. މާލެ
|
22 ސެޕްޓެންބަރ 2024 | އާދީއްތަ 16:14
ފަސްކާފު ޕްރޮގްރާމްގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން އަސްލަހް ވާހަކަދައްކަވަނީ
ފަސްކާފު ޕްރޮގްރާމްގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން އަސްލަހް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ޕާކިންގެ މައްސަލަ
ޕާކިންގެ މައްސަލަ ބޮޑު، މަގުތަކުގެ ކަންމަތީގައި ޕާކު ކުރުމަކީ އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ އެއް ސަބަބު: ފުލުހުން
ވަގުތީ ގޮތުން ޕާކު ކުރުމަށް ބިންތައް ލިބިގެން ދިއުމަކީ ވެސް ބޮޑު ހައްލެއް ލިބޭނެ ކަމެއް
ގަވާއިދާ ހިލާފަށް ޕާކު ކުރުމަކީ ގިނަ ދަތިތަކާ ކުރިމަތިވާ ކަމެއް

މާލެސިޓީގެ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މަގުތަކުގެ ކަންމަތީގައި ޕާކު ކުރުމަކީ އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ އެއްސަބަބު ކަމަށް ފުލުހުން ބުނެފިއެވެ.

މަގުމަތީގެ ސަލާމާއި ރައްކާތެރިކަން ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން އަސްލަހް ވިދާޅުވީ ޕާކިންގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، އެމައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް އަބަދު ވެސް ކުރިއަށް ގެންދާ ކަމަށެވެ.

Advertisement

ޕާކިންގެ މައްސަލަތައް ހައްލު ކުރުމަށް ހުޅުމާލެއިން ބިމެއް ލިބިފައިވާކަން ފާހަގަކުރައްވައި އަސްލަހް ވިދާޅުވީ އެބިމަށް ހުޅުމާލެ އަދި މާލޭގެ ވެހިކަލްތައް ގެންދާ ކަމަށެވެ. އަދި ވިދާޅުވީ ވަގުތީ ގޮތުން ޕާކު ކުރުމަށް ބިންތައް ލިބިގެން ދިއުމަކީ ވެސް ބޮޑު ހައްލެއް ލިބޭނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން އަސްލަހް ވިދާޅުވީ އެކްސިޑެންޓްތައް އިތުރުވަމުންދާއިރު، މަގުގެ ކަންކަންމަތީގައި ޕާކުކޮށްފައި ހުރުމަކީ އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ އެއް ސަބަބުކަމާއި، އެކަމަށް އާއްމު ރައްޔިތުން ސަމާލުވާންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ގަވާއިދާ ހިލާފަށް ޕާކު ކުރުމަކީ ގިނަ ދަތިތަކާ ކުރިމަތިވާ ކަމެއް ކަމަށާއި، އެމަރޖެންސީ ހާލަތްތަކުގައި އެމްބިއުލަންސް ފަދަ އުޅަނދުތަކަށް ވެސް މަގުތަކަށް ނުވަދެވި ގިނަ އުދަނގޫތައް ކުރިމަތިވަމުންދާ ކަމަށެވެ.

ސަރުކާރުގެ ވިސްނުން ވަރަށް ބޮޑަށް އެބަހުރި ޕާކިން ބިލްޑިންގތައް އެޅުމާއި އަދި މެކޭނިކަލް ޕާކިން ގާއިމް ކުރުން. އިރާދަކުރެއްވިއްޔާ އެކަންކަމަށް ހައްލެއް ލިބިގެން މަގުމަތީގައި މި ޕާކު ކުރާ މައްސަލަތަކަށް މި ހައްލެއް ލިބިގެންދާނެ. އޭގެއިތުރުން އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް އެއީ ކަންކަންމަތީގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތަކާ މީހުން މަގު ހުރަސް ކުރަން ޒިބްރާ ކްރަސް މަތީގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތަކާއި އެފަދަ އުޅަނދުތައް އަޅުގަނޑުމެން އެބަ ނަގާގެން ގެންދަން. ގެންގޮސް އަޅުގަނޑުމެންގެ ބެލުމުގެ ދަށަށުގައި ބަހައްޓާފައި އެކަން ކަނޑައެޅޭގޮތެއްގެ މަތިން އެޅަނދުތައް ދޫކުރުމަށް އެކަންކަން ކުރެވެމުން އެބަ ކުރިއަށް ގެންދަން. ހަމަ ތި ފާހަގަކުރެއްވީ ވަރަށް ރަނގަޅު ވާހަކައެއް. އެއީ ކަންމަތީގައި ޕާކުކޮށްފައި ހުރުމުގެ ސަބަބުން ހަމަ އެކްސިޑެންޓްތައް ހިނގާފައި އެބަހުރި. ގޯޅިތަކަށް ވަންނަންޖެހޭ ވެހިކަލްތައް ވަނުމާއި މިކަހަލަ ކަންކަން ވެސް ދިމާވޭ. އަދި އެނޫނަސް އެމްބިއުލަންސް އެއްޗެއް ވަންނަން ދިމާކުރިއަސް އެއުދަނގޫތައް ދިމާވެފައި އެބަހުރި. އަޅުގަނޑު މި ގަބޫލުކުރަނި ކުރިއަށް އޮތްތާގައި ޕާކިންގެ ބިލްޑިންތައް ކުރިއަށް އޮތްތާގައި ޕާކިންގެ ސްލޮޓްތައް ކަނޑައެޅިގެން އައިމާ މިހާރު ހުރި އެއުޅަނދުތައް އެތަންތަނަށް ޕާކު ކުރަން ގޮސްފި ކަމަށްވަންޏާ އެގޮތަށް ކަނޑައެޅިއްޖެ ކަމަށްވަންޏާ މިކަންކަމުގައި ހެއްލެއް ލިބޭނެ ކަމަށް.
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން އަސްލަހް

ފުލުހުން ބުނީ ވަގުތީ ޕާކިންއަށް އެކިއެކި ސަރަހައްދުތައް ހަމަޖެއްސުމަކީ މާލެސިޓީގެ މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ލިބޭ އިތުރު ބާރެއް ކަމަށެވެ.

ހަތަރުފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ހުޅުމާލެއިން ހަމަޖައްސާފައިވަނީ ހުޅުމާލެ ސަހަރާ މިސްކިތް ކުރިމައްޗަށް އޮތް ބިމެވެ. 90،000 އަކަފޫޓުގެ މި ބިމުގެ 50،000 އަކަފޫޓް ޚާއްސަ ކޮށްފައިވަނީ ޓެކްސީތައްފަދަ ހަތަރުފުރޮޅުލީ ވެހިކަލްތަކަށެވެ. އަދި 40،000 އަކަފޫޓްގެ ސަރަހައްދު ޚާއްސަކޮށްފައިވަނީ ހުޅުމާލެ މަގުތަކުގައި ގަވައިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމަށްފަހު ގެނެސް ބެހެއްޓުމަށެވެ. މީގެ އިތުރުން ގަވާއިދާއި ޚިލާފަށް ބޭނުންކުރަމުންދާ އުޅަނދުތަކުގެ ރަޖިސްޓްރީއާ އެހެނިހެން ކަންކަން ކުރުމަށް ވަގުތު ދިނުމުގެ ގޮތުން، ވަގުތީގޮތުން އެ އުޅަނދުތައް ބޭއްވުމަށްވެސް ހުޅުމާލެ ފޭސް-2 އަކުން އެމްއޭސީއެލް ފްލެޓާއި އިންވެގެން އޮންނަ ސަރަހައްދުން ހުސް ބިމެއް ވަނީ ހަމަޖައްސާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް