Advertisement
ކ. މާލެ
|
21 ސެޕްޓެންބަރ 2024 | ހޮނިހިރު 17:36
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރެވުނު އަބްދުﷲ ސާދިގު
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރެވުނު އަބްދުﷲ ސާދިގު
ޕޮލިސް
ޑްރަގް މައްސަލަތައް
9 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 65 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 65 އަހަރުގެ އަބްދުﷲ ސާދިޤު
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން

ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާއިރު، އެ މައްސަލައިގައި ހިމެނޭ 65 އަހަރުގެ މީހާ ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ  2024 ސެޕްޓެމްބަރު 18 ވަނަ ދުވަހު ރާއްޖެ އައި އެއަރކާގޯ ޝިޕްމަންޓަކާއި، ޕޯސްޓް ޕެކޭޖެއް އަދި 2024 ސެޕްޓެމްބަރު 16 ވަނަ ދުވަހު ރާއްޖެ އައި ސްރީލަންކަން އެއަރލައިންސް ފްލައިޓް ނަންބަރު UL103 އިން ދަތުރުކުރި 65 އަހަރުގެ ދިވެހި ފިރިހެން ފަސިންޖަރަކު ބަލައިފާސްކުރުމުގެ ތެރޭގައެވެ.

މިގޮތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން މިތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ 4 ބާވަތަކަށް ޕޮޒިޓިވްވެފައިވެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ހެރޮއިންގެ 349 ގްރާމް، ސިންތެޓިކް ކެތިނޯންގެ 582 ގްރާމް، ކެނަބިހުގެ 5.21 ކިލޯ ގްރާމް އަދި އެކްސްޓަސީގެ 2.87 ކިލޯ ގްރާމެވެ.

Advertisement

ކަސްޓަމްސްއިން ބުނެފައިވަނީ މި މައްސަލަތައް އިތުރަށް ތަޙްގީގްކުރުމަށްޓަކައި ފަސިންޖަރާއި، އަތުލައިގަނެވުނު ތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކުރެވިފައެވެ.

އެކަމުގެ ފަހުގެ މައުލޫމާތު ހިއްސާ ކުރަން އެދުމުން ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 65 އަހަރުގެ އަބްދުﷲ ސާދިޤު ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް