Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2024 | ހުކުރު 18:48
ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު
ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު
ރައްޔިތުންގެ މަޖިލިސް
ޝުޖާއު ހުޅުމާލެއިން ބިމެއް ގަތުން
9 މިލިއަން ރުފިޔާ ދައްކާ މެންބަރު ޝުޖާއު 2000 އަކަފޫޓުގެ ބިމެއް ހުޅުމާލެއިން ގަނެ މިލްކުކޮށްފި
9،488،318.40 ރުފިޔާ ވަނީ ދައްކާ ހަލާސްކޮށްފައި
ބިމުގެ ބޮޑުމިނަކީ 2196.37 އަކަފޫޓު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުޅުމާލެއިން 9 މިލިއަން ރުފިޔާއަށް ބިމެއް ގަނެފިއެވެ.

ބިން މިލްކުކޮށްދިނުމާއި ގުޅޭގޮތުން ސިވިލް ކޯޓުން ނިންމި މައްސަލައިގައި ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ އަމިއްލަ ބިމުން 2196.37 އަކަފޫޓުގެ ބިން ހއ. ބާރަށް، ސައުދީމަންޒިލް، އިބްރާހިމް ޝުޖާއުއަށް ވިއްކަުމަށް ކަނޑައެޅި އަގު ޝުޖާއު ދައްކާ ހަލާސްކޮށްފައިވާތީ، ބިން ވިއްކުމުގެ މި މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށް ކޯޓުން ކަނޑައަޅައިދީ، އެ ބިމުގެ މިލްކުވެރި ފަރާތަކީ އިބްރާހިމް ޝުޖާއު ކަމަށެވެ.

ސިވިލް ކޯޓުގެ ނިންމުމުގައިވާ ގޮތުން، ހުޅުމާލެ ލޮޓް ނަންބަރު 20339 ބިން ވިއްކުމަށްޓަކައި ބިމުގެ އަގަށްވާ 8،785،480 (އަށް މިލިއަން ހަތްލައްކަ އައްޑިހަ ފަސްހާސް ހަތަރުސަތޭކަ އަށްޑިހަ) ރުފިޔާ އާއި ޖީއެސްޓީގެ ފައިސާއާއެކު ޖުމްލަ 9،488،318.40 (ނުވަމިލިއަން ހަތަރުލައްކަ އަށްޑިހަ އަށްހާސް ތިންސަތޭކަ އަށާރަ ރުފިޔާ ސާޅީސް ލާރި) ގަންނަ ފަރާތުން، ވިއްކާ ފަރާތަށް ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ.

Advertisement

ޝުޖާއު ހުޅުމާލެއިން ދެހާސް އަކަފޫޓަށްވުރެ ބޮޑު ބިމެއް ގަނެފައިވާއިރު، މި ސަރުކާރު ދަމަހައްޓަން މަޖިލިސް މެންބަރުންނަށް ރައީސް ރިޝްވަތުގެ ކަޅު ފައިސާ ބަހާކަމުގެ ތުހުމަތުވަނީ ކުރެވިފައެވެ. އެގޮތުން މަޖިލިސް މެންބަރުންނަށް ނަގުދު ފައިސާއިން ކޮންމެ މަހަކު ބައިލައްކަ ރުފިޔާ ދެމުން އަންނަ އިރު އެ އަދަދު 75،000 ރުފިޔާއަށް ބޮޑުކޮށްފައިވާކަމަށް ވެސް ވަނީ އަޑު ފެތުރިފައެވެ.

ޝުޖާއު މަޖިލީހަށް ފުރަތަމަ ހޮވި ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު 18 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. އޭގެ ފަހުން ވެރިކަން ބަދަލުވެ 19 ވަނަ މަޖިލީހަށް ވާދަކޮށް ނާކާމިޔާބީއާއި ކުރިމަތިލާންޖެހުނެވެ. އަދި މިހާރު ވެރިކަން ކުރާ ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހުންނަވާ 20 ވަނަ މަޖިލީހަށް އޭނާ އިންތިހާބުވި އިރު، އޭނާ ހުންނެވީ ޝުޖާޢު ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރެއްގެ މަޤާމުގައެވެ.

ޝުޖާއު ހުޅުމާލެއިން 9 މިލިއަން ރުފިޔާއަށް ބިމެއް ގަނެފައިވާއިރު، މި ސަރުކާރުގައި ހިމެނޭ ބައެއް ވަޒީރުންނާއި ސިޔާސީ އިސް ފަރާތްތަކުން ހުޅުމާލެއިން ނަގުދު ފައިސާ ދީފައި ބިން ގަންނަމުންދާކަމުގެ އަޑުތައް ދާދިފަހުން ވަނީ ގަދަވެފައެވެ. އެގޮތުން ރައީސްގެ ކޮއްކޯފުޅު ސައުދާ ބިމެއް ބައްލަވައިގެންނެވި ކަމަށް އަޑު ފެތުރުނު އިރު، ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރުގެ ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލުވެސް ވަނީ 3.1 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ފުލެޓެއް ގަނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް