Advertisement
ކ. މާލެ
|
5 ޑިސެންބަރ 2025 | ހުކުރު 23:17
ފުލުހުން ކާރެއް ޓޯ ކުރަނީ: މިދިޔަ 2 ދުވަސްތެރޭ މާލެ އަދި ހުޅުމާލެ އިން ފުލުހުން ވަނީ 142 އުޅަނދު ޓޯކޮށްފަ
ފުލުހުން ކާރެއް ޓޯ ކުރަނީ: މިދިޔަ 2 ދުވަސްތެރޭ މާލެ އަދި ހުޅުމާލެ އިން ފުލުހުން ވަނީ 142 އުޅަނދު ޓޯކޮށްފަ
ޕޮލިސް
ޕޮލިސް
ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި
މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ޖުމްލަ 142 އުޅަނދު ޓޯކޮށްފައިވާއިރު، މާލެއިން 91 އަދި ހުޅުމާލެއިން 51 އުޅަނދު ޓޯކޮށްފައިވޭ
ގަވައިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން ޚާއްސަ ޓޯ އުޅަނދެއް ބޭނުންކުރަން ފަށާފަ

މާލެ އާއި ހުޅުމާލެގެ މަގުތަކުގައި ގަވައިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތު ގެ ތެރެއިން ދެ ދުވަސް ތެރޭ 100 އަށްވުރެ ގިނަ އުޅަނދު ފުލުހުން ޓޯ ކޮށްފި އެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ޖުމްލަ 142 އުޅަނދު ޓޯކޮށްފައިވެ އެވެ. މި އުޅަނދުތަކުގެ ތެރެއިން މާލެއިން ޓޯކުރީ 91 އުޅަނދެވެ. އަދި ހުޅުމާލެއިން ޓޯކުރީ 51 އުޅަނދެވެ.

ފުލުހުން ސައިކަލެއް ޓޯކުރަނީ

ޓޯކުރި އުޅަނދުތަކުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ދެ ފުރޮޅުލީ އުޅަނދުތަކެވެ. މިދިޔަ ދެ ދުވަހު ދެފުރޮޅުލީ 121 އުޅަނދު ޓޯކޮށްފައިވާއިރު، ހަތަރު ފުރޮޅުލީ 21 އުޅަނދެއް ވަނީ ޓޯކޮށްފަ އެވެ.

ހުޅުމާލެއިން ޓޯކުރި އުޅަނދުތަކުގެ ތަފްސީލުތައް ބަލާއިރު، އެންމެ ގިނައިން ޓޯކުރީ ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކެވެ. މި ބާވަތުގެ 41 އުޅަނދު ޓޯކޮށްފައިވެ އެވެ.

މީގެ އިތުރުން ލައިސަންސް ނެތި ދުއްވައިގެން ހަތް އުޅަނދު ޓޯކޮށްފައިވާއިރު، ނުރައްކާތެރިކޮށް ދުއްވި އުޅަނދަކާއި ރަޖިސްޓްރީ ނަމްބަރު ބަދަލުކޮށްގެން ދުއްވި އުޅަނދެއް ވެސް ވަނީ ޓޯކޮށްފަ އެވެ. ޓޯކުރުމުގެ އިތުރުން ފުލުހުން ވަނީ ހުޅުމާލޭގައި މިދިޔަ ދެ ދުވަހު ވިހި އުޅަނދެއް ޓްރެފިކް ޖޫރިމަނާކޮށްފަ އެވެ.

- ކޮމެންޓް