Advertisement
ކ. މާލެ
|
5 ޑިސެންބަރ 2025 | ހުކުރު 23:18
ހުޅުމާލޭގެ މަގުތައް މަރާމާތުކުރަން ޗައިނާ ކުންފުންޏަކަށް
ހުޅުމާލޭގެ މަގުތައް މަރާމާތުކުރަން ޗައިނާ ކުންފުންޏަކަށް
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހުޅުމާލެ
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
ހުޅުމާލެ 1 އަދި 2ގެ 1.1 ކިލޯމީޓަރުގެ މަގު 5-6 މަސް ދުވަހުގެ ތެރޭގައި މަރާމާތުކޮށް ނިންމަން ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާ އެޗްޑީސީން ހަވާލުކޮށްފި
މި މަސައްކަތުގައި ތާރުގަނޑު ހަލާކުވެފައި ހުރި މަގުތަކާއި ހުޅުމާލެ 1 ގައި ފިތުރޯނު މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތައް ހިމެނޭނެ

ހުޅުމާލެ 1 އަދި 2ގެ ބައެއް މަގުތައް މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެޗްޑީސީގައި މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި 1.1 ކިލޯ މީޓަރުގެ މަގު 5-6 މަސް ދުވަހުގެ ތެރޭގައި މަރާމާތުކޮށް ނިންމަން ހަވާލުކުރީ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާ އެވެ. މަސައްކަތުގެ އެއްބަސްވުމުގައި އެޗްޑީސީ ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރެވެ. އަދި ރޮޓައިމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޯވޭޑޮންގު އެވެ.

އެޗްޑީސިން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ މަގުތައް ހެދުމުގެ އިތުރުން ރެކްޓިފިކޭޝަން މަސައްކަތް ވެސް ހިމެނެ އެވެ. އަދި މިއީ، ހުޅުމާލޭގެ އިންފްރާސްޓްރަކްޗާގެ ކޮލިޓީ ރަނގަޅުކުރަން އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މި އެއްބަސްވުމާ ގުޅޭ އިތުރު މައުލޫމާތެއް އެޗްޑީސީން އާންމުކޮށް ހާމަނުކުރާތީ އެއްބަސްވުމުގެ އަގެއް، އަދި އެ އެއްބަސްވުމުގެ ދަށުން ހަދަނީ ކޮން މަގުތަކެއް ކަމެއް އަދި މަރާމާތު ކުރަނީ ކޮން މަގުތަކެއް ކަމެއް ނޭނގެ އެވެ.

އެހެން ނަމަވެސް މި މަސައްކަތުގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ތާރުގަނޑު ހަލާކުވެފައި ހުރި މަގުތަކަށެވެ. އޭގެ ތެރޭ ގައި ހުޅުމާލެ 1 ގައި ފިތުރޯނު މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކުގެ ތެރެއިން ތާރުގަނޑު ހަލާކުވެފައިވާ މަގުތަށް ހިމެނެ އެވެ.

- ކޮމެންޓް