ކ. މާލެ
|
19 ސެޕްޓެންބަރ 2024 | ބުރާސްފަތި 10:24
ޕީއެސްޖީ އާއި ޖިރޯނާ ކުޅުނު މެޗުގެ ތެރެއިން
ޕީއެސްޖީ އާއި ޖިރޯނާ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޕީއެސްޖީ މޮޅުވީ ޖިރޯނާ އަތުން ބައި ކޮޅަށް ވަތް ލަނޑަކުން
މިއީ ޖިރޯނާ އިން އެ ޓީމުގެ ތާރީޚުގައި ވެސް ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެ އެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0ންނެވެ. އެއީ މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގައި ޖިރޯނާގެ ކުޅުންތެރިޔެއްގެ އަތުން ބައި ކޮޅަށް ވަތް ލަނޑަކުންނެވެ.

މެޗުގައި ޕީއެސްޖީން ރަނގަޅަށް ކުޅެފައިވާއިރު، އެ ޓީމުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާާންސްގެ އޮސްމާން ޑެމްބެލޭ އަށް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. އޭނާގެ އިތުރުން، މާކޯ އަލޮންސޯ އާއި ފަބިއަން ރުއީޒް އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ.

މެޗުން ޕީއެސްޖީން މޮޅުވީ މެޗުގެ 90 ވަނަ މިނެޓުގައި ޖިރޯނާގެ ގޯލު ކީޕަރު ޕައޮލޯ ގަޒަނީގާ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭނާ އަތުން ބައި ކޮޅަށް ލަނޑު ވަނީ، ޕީއެސްޖީގެ ނޫނޯ މެންޑޭޒް ހުރަސް ކުރި ބޯޅައެއް ދިފާއު ކުރަން އުޅުމުގެ ތެރޭގަ އެވެ.

މިއީ ޖިރޯނާ އިން އެ ޓީމުގެ ތާރީޚުގައި ވެސް ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް