Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 13:22
ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް
ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް
ރާއްޖެއެމްވީ
ކަރަންސީ ސްވޮޕް އެއްބަސްވުން
ޗައިނާ އާއެކު ހަދާ ކަރަންސީ ސްވޮޕްގެ ހުރިހާ ފައިދާއެއް އޮތީ ޗައިނާއަށް، ދިވެހިންނަށް ލިބޭނެ މާ ބޮޑު މޮޅެއް ނެތް: ޝަރީފް
"ދިވެހީންގެ ރާއްޖޭގައި" ދިވެހިން ގެއްލުމުގައި އުޅެން ޖެހިދާނެކަމަށް ޝަރީފް ވިދާޅުވި
މި އެއްބަސްވުމުގެ ދަށުން ޗައިނާއަށް ފައިދާވިނަމަވެސް، ދިވެހިންނަށް އެ ފައިދާ ނުލިބޭކަން ޝަރީފް ފާހަގަ ކުރެއްވި

ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރެއިން ޔުއާނުން ގަންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކުމާ ގުޅޭ އެއްބަސްވުމެއް ޤާއިމްކުރުމަށް ރާއްޖެއާ ޗައިނާއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އެކަމުގެ ހުރިހާ ފައިދާއެއް ނަގާނީ ޗައިނާއިން ކަމަށާއި، ދިވެހިންނަށް އޭގެން ލިބޭނެ މޮޅެއް ނެތްކަމަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ، ކަރަންސީ ސްވޮޕްއަކީ މިނިވަން ވިޔަފާރީގެ ދަށުން ކުރަމުންދާ ކަންކަން ކަމަށާއި، އޭގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ. އެގޮތުން އޭގެ ސަބަބުން ޗައިނާއިން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތަކަށް ދައްކަންޖެހޭ ޑިއުޓީ އެމީހުން ދައްކަން ނުޖެހޭކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

Advertisement

އޭގެ އިތުރުން، ބީޕީޓީއާއި ޖީއެސްޓީވެސް ޗައިނާގެ ކުންފުނިތަކުން ދައްކަން ނުޖެހޭ ކަމަށާއި، ނަމަވެސް ދިވެހިންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑު ބޭއިންސާފެއް ކުރިމަތިވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން "ދިވެހީންގެ ރާއްޖޭގައި" ދިވެހިން ގެއްލުމުގައި އުޅެން ޖެހިދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ހަގީގަތުގައި މިނިވަން ވިޔަފާރިއަކީ ރާއްޖެއަށް ނުހަނު ގެއްލުންހުރި ކަމެއް، ޗައިނާ މީހުން އެބަގެނޭ ޕްރޮޖެކްޓަށް ބޭނުންވާ ހުރިހާ އެއްޗެއް، މި ހުރިހާ އެއްޗެއް ޑިއުޓީ ފްރީ ކުރެވޭ އެބަ، އެހެންވީމާ ދިވެހީންގެ އަގު ކޮބައިތޯ
ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް

އޭގެ ބައެއް މިސާލުތަކަށްވެސް ޝަރީފް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ޗައިނާއަށް ފައިދާވިނަމަވެސް، ދިވެހިންނަށް އެ ފައިދާ ނުލިބޭކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

ދިވެހިންގެ ބަދަލުގައި ޗައިނާ މީހުން މީގެން ފައިދާ ނަގާނީ
ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް

ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކު ކަމަށްވާ ޕީޕަލްސް ބޭންކް، ޕީބީއޯސީ އާއި ދެމެދު ޤާއިމްކެވުނު އެއްބަސްވުމުގެ ދަށުން ދެޤައުމުން ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމަށް އޮނިގަނޑެއް އެކުލަވާލެވިގެންދާނެ ކަމަށާއި، މީގެ ސަބަބުން، ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އަދި މި ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން، ދެ ޤައުމުގެ ފައިސާއިން މުޢާމަލާތްތައް ކުރުމަށް ފަސޭހަވެ ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓްކުރުމަށް ފަސޭހަވެ،އަދި ދެ ޤައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް