Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2024 | ހޮނިހިރު 08:58
ހއ. މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދަނީ
ހއ. މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދަނީ
ރާއްޖެއެމްވީ
މާރަންދޫ ކައުންސިލް ބައި އިލެކްޝަން
ހއ. މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ
މި އިންތިޚާބުގަައި ވާދަ ކުރައްވަނީ އެމްޑީޕީ އަދި ޕީއެންސީގެ ކެންޑިޑޭޓެއް
ބައި-އިލެކްޝަނަކީ އެކައުންސިލްގެ ނައިބު ރައީސްކަމުގައި ހުންނެވި ރަމީޒު ނިޔާވުމާއި ގުޅިގެން ބާއްވާ އިންތިޚާބެއް

ހއ. މާރަންދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެ އެވެ.

ވޯޓުލުން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ގައެވެ.

މި އިންތިޚާބުގައި ވާދަކުރައްވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ) ގެ ދެ ކެންޑިޑޭޓުންނެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓްއަކީ ޝިހާމް މުޙައްމަދު އަދި ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ޢަބްދުލްޙަމީދު ޢަބްދުއްސައްތާރު އެވެ.

Advertisement

މި އިންތިޚާބުގައި ވޯޓުލުމަށް ދެ ތަނެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެގޮތުން ހއ. މާރަންދޫގައި ވޯޓުލާ މީހުންނަށް މާރަންދޫ ސްކޫލް ހޯލުގައި ވޯޓު ފޮށްޓެއް ބަހައްޓާފައިވާއިރު، މާލޭގައި ވޯޓުލާ މީހުންނަށް ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ކޮންފަރެންސް ހޯލުގައި ވޯޓު ފޮށްޓެއް ބަހައްޓާފައިވެއެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އާ ހަމައަށް ކަމަށާއި، އޭގެ ފަހުން ވޯޓު ގުނުން ފެށޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ.

މާރަންދޫ ކައުންސިލަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނަކީ އެކައުންސިލްގެ ނައިބު ރައީސްކަމުގައި ހުންނެވި އަހުމަދު ރަމީޒު ޖުލައި 13 ވަނަ ދުވަހު ނިޔާވުމާއި ގުޅިގެން ބާއްވާ އިންތިޚާބެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް