Advertisement
ކ. މާލެ
|
13 ސެޕްޓެންބަރ 2024 | ހުކުރު 11:07
އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު
އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު
ރައީސް އޮފީސް
މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް
މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އަންނަ މަހު ފަށަނީ
ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ ގްރާންޓަކަށް މިއަހަރުގެ މާޗްމަހުގެ ތެރޭގައި ޕްރޮޕޯސަލެއް ހުށަހެޅި
ޕްރޮގްރާމް ކުރިއަށްގެންދާނީ މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްތައް ފާހަގަކޮށް، އެ ކަންކަމަށް ހާއްސަ އިސްކަމެއް ދީގެން

މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް، މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ފެށޭނެކަމުގެ އުންމީދުކުރައްވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މަތީ އަރުތަވެރީންގެ އިނާމު 2022-2023 ޖަލްސާގެ ދެވަނަ ދަންފަޅީގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށުމަށްޓަކައި، އެ މަސައްކަތް އޭގެ ތެރޭގައި ހިމެނޭ ގޮތަށް ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ ގްރާންޓަކަށް މިއަހަރުގެ މާޗްމަހުގެ ތެރޭގައި ޕްރޮޕޯސަލްއެއް ހުށަހެޅިކަމަށެވެ. އަދި މޭ މަހުގެ ތެރޭގައި މިނިސްޓްރީގެ އެ ޕްރޮޕޯސަލް އަށް ޖީޕީއީގެ އެޕްރޫވަލް ލިބި، އޮކްޓޫބަރުގެ ތެރޭގައި އެ ޕްރޮޖެކްޓް އިފުތިތާހުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

Advertisement

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ގޮތަށް މުދައްރިސުންނަށް ދުޅަހެޔޮ، 'ވޯކްލޯޑް' ވަކި ހަމައެއްގައި ހިފެހެއްޓިފައި އޮތް ނިޒާމެއް ގެނެސްދެއްވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ހުކުރު ދުވަހަކީ މުދައްރިސުން މަސައްކަތަށް ނުކުންނަން ނުޖެހޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށާއި، މީގެ ބޭނުމަކީ މުދައްރިސުންނަށް އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ދިނުމާއި، އެ ބޭފުޅުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ރިއާޔަތް ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދާނީ މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްތައް ފާހަގަކޮށް، އެ ކަންކަމަށް ހާއްސަ އިސްކަމެއް ދީގެންނެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި ގައުމީ ފެންވަރުގެ މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އިފުތިތާހުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް