Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2025 | އާދީއްތަ 13:16
މަތީއަރުތަވެރިންގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ
މަތީއަރުތަވެރިންގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
މުދައްރިސުންގެ ދުވަސް
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ
ދަރިވަރުންގެ ސިކުނޑިތައް ތަރުބިއްޔަތު ކުރަންޖެހޭ
ރަނގަޅު ވިސްނުމާއި، ހިޔާލުތައް ދަރިވަރުންގެ ކިބައިގައި އަށަގަންނުވަންޖެހޭ
މިއަހަރުގެ ޝިއާރަކީ "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން"

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޓީޗަރުންގެ ދުވަހާއި ގުޅިގެން، މުދައްރިސުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައި ރައީސް އިބޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް ކަމަށާއި، ސިކުނޑިތައް ތަރުބިއްޔަތުކުރުން ކަމަށެވެ.

މީގެ އިތުރުން ރަނގަޅު ވިސްނުމާއި، ހިޔާލުތައް ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި، ދަރިވަރުންގެ ވިސްނުމާއި، އުޅުމަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް މަގުފަހި ކުރުން ކަމަށް ރައީސް އިބޫ ވިދާޅުވިއެވެ.

ރައީސް އިބޫ ވިދާޅުވީ، ރަނގަޅު މުޖުތަމައުއެއް ބިނާ ކުރުމަށް ހުރިހާ ގޮތަކުން މުދައްރިސުން މަސައްކަތްކޮށް ބާރު އަޅަންޖެހޭ ކަމަށެވެ.

ރައީސް އިބޫއަކީ އަބަދުވެސް މުދައްރިސުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވާ ވެރިއެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެތައް މުދައްރިސުންގެ ކަންބޮޑުވުންތައް އަޑު އައްސަވައި މުސާރަ ވެސް ބޮޑު ކޮށްދެއްވާފައިވެއެވެ. އަދި ތައުލީމީ ދާއިރާއަށް ދިވެހި ޒުވާނުން ވެއްދުމަށްޓަކައި، ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އެންމެ ފުރަތަމަ ދުނިޔޭގައި މުދައްރިސުންގެ ދުވަސް ފާހަގަކޮށްފައިވަނީ 5 އޮކްޓޫބަރ 1994 ވަނަ އަހަރުގައެވެ.

މިއަހަރު ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާއި ގުޅިގެން ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިއާރަކީ "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން"އެވެ. މި ޝިއާރުން ދޭހަކޮށްދެނީ އުނގަންނައިދިނުމަކީ ގުޅިގެން ކުރެވޭ މަސައްކަތަކަށް ހެދުމުގެ މުހިންމުކަމެވެ.

- ކޮމެންޓް