Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2024 | ބުރާސްފަތި 13:51
ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް
ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް
ރާއްޖެއެމްވީ
ތޮއްޔިބުގެ ފޯނު ހިފެހެެއްޓުން
ތޮއްޔިބުގެ ފޯނު ހިފެހެެއްޓީ ފުލުހުންގެ ނަމުގައި ސައްޙަ ނޫން ބަޔާނެއް ދައުރުކުރަމުންދާ މައްސަލައަކާ ގުޅިގެން: ފުލުހުން
ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް ސާމާނު ފުލުހުން ވަނީ ގެންގޮސްފައި
ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުވެސް އޭނާ ފުރުއްވާފައިވޭ

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމްގެ ފޯނު ހިފެހެެއްޓީ ފުލުހުންގެ ނަމުގައި ސައްޙަނޫން ބަޔާނެއް ދައުރުކުރަމުންދާ މައްސަލައަކާ ގުޅިގެންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް ސާމާނު ފުލުހުން ވަނީ ގެންގޮސްފައެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ސައްޙަނޫން ބަޔާނެއް ފުލުހުންގެ ނަމުގައި ދައުރު ކުރަމުންދާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނާއި އިލެކްޓްރޯނިކް ބައެއް ތަކެތި ހިފަހައްޓާފައިވާ ކަމަށެވެ.

އެހެންނަމަވެސް އެކީ ކޮން ބަޔާނަކާ ގުޅޭ މައްސަލައެއްކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

Advertisement

ސައްޙަނޫން ބަޔާނެއް ފުލުހުންގެ ނަމުގައި ދައުރު ކުރަމުންދާ މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުނެފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނެ ދައުރު ކުރާ ރިޕޯޓެއްގެ މައްސަލަ ދާދި ފަހުން ފެންމަތިވެފައިވެއެވެ. އެ ރިޕޯޓަކީ ސައްހަ ނޫން ލިޔުމެއް ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ ތަހުގީގުގެ ރިޕޯޓްކަމަށް ބުނެ ދައުރު ކުރަމުންގެންދާ ރިޕޯޓާ ގުޅޭގޮތުން ފުލުހުން ވަނީ އެކަން ކުށްވެރިކޮށް ނޫސް ބަޔާނެއް ނެރެފައެވެ. އެފަދަ ނޫސްބަޔާނެއް ނެރެފައި މި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރުކުރަން އުޅޭ ކަމަށް ބުނެ މީސްމީޑިއާގައި އެފަދަ ލިޔުމެއް ދައުރުވަމުން ދަނިކޮށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައިވެސް އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރިކަމުގެ ތުހުމަތުގައި އޭނާގެ ފޯނު ހިފަހައްޓާފައިވެއެވެ. އެއީ ރައީސް އަބްދުﷲ ޔާމީނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީގެ އިތުރުން ސަރުކާރުގެ އިސްވެރިންނާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފަށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަމުންދިޔަކަމަށް ބުނާ މައްސަލައެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް