ކ. މާލެ
|
8 ސެޕްޓެންބަރ 2024 | އާދީއްތަ 17:05
އިނގިރޭސި އޯލް ރައުންޑަރ މޮއީން އަލީ
އިނގިރޭސި އޯލް ރައުންޑަރ މޮއީން އަލީ
ބީބީސީ
ކްރިކެޓް
އިނގިރޭސި އޯލްރައުންޑަރ މުއީން ކުޅުން ހުއްޓާލައިފި
ތިން ފޯމެޓެއްގެ ކްރިކެޓް ކުޅުނު މުއީން އޭނާގެ ގައުމީ ކެރިއަރު ފެށީ 2014 ވަނަ އަހަރު އެވެ.

އިނގިރޭސި އޯލް ރައުންޑަރ މުއީން އަލީ ބައިނަލް އަގްވާމީ ކްރިކެޓް ކުޅުން ހުއްޓާލައިފި އެވެ.

ގައުމީ ޓީމަށް އަލްވަދާއުކިއުމަށްފަހު 37 އަހަރުގެ ކުޅުންތެރިޔާ ބުނީ މިއީ ހުއްޓާލަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

ތިން ފޯމެޓެއްގެ ކްރިކެޓް ކުޅުނު މުއީން އޭނާގެ ގައުމީ ކެރިއަރު ފެށީ 2014 ވަނަ އަހަރު އެވެ. އޭނާ އަކީ 2019 ވަނަ އަހަރު 50 އޯވަރުގެ ދުނިޔޭގެ ޗެމްޕިއަންކަން އިނގިރޭސިން ހޯދި ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އަދި 2022 ވަނަ އަހަރުގެ ޓުވެންޓީ20 ކްރިކެޓް މުބާރާތް ކާމިޔާބުކުރި އިނގިރޭސި ޓީމުގައި ވައިސް ކެޕްޓަނެއްގެ ގޮތުން ވެސް މުހިންމު ދައުރެއް އަދާކުރި އެވެ.

އޭނާ އެންމެ ފުރަތަމަ ރިޓަޔާކުރީ 2021 ވަނަ އަހަރު ޓެސްޓް ކެރިކެޓް މެޗުތަކުންނެވެ. އޮފް ސްޕިނާ މުއީން ވަނީ 68 ޓެސްޓް މެޗުގައި ކުޅެ އެއް ދުވަހުގެ 138 މެޗާއި ޓުވެންޓީ 20ގެ 92 މެޗު ކުޅެފަ އެވެ.

"މިއީ އާ ޖީލަކަށް ފުރުސަތު ދޭންވީ ވަގުތު. އަހަރެންނަށް އަދިވެސް އިނގިރޭސި ގައުމި ޓީމަށް ކުޅެވޭތޯ މަސައްކަތް ކުރެވިދާނެ. އެކަމަކު އަހަރެން ވެސް ހަގީގަތާ ކުރިމަތިލާންޖެހޭނެ. މިހާރު މިއީ އާ ބަޔަކަށް ފުރުސަތު ދޭންވީ ވަގުތު،"
މުއީން ބުންޏެވެ.

އޭނާ ބުނީ ކްރިކެޓާ އެއްކޮށް ވަކިވުމަށްވުރެ ބޮޑަށް އޭނާ އަދި ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ކުޅެވިދާނެ ކަމަށާއި މިހެންވެ ގައުމީ ޓީމުން ރިޠަތާ ކުރި ނަމަވެސް ޕްރެމިއާ ލީގުތަކާއި ކުލަބު ލެވެލްގައި ކުޅޭނެ ކަމަށެވެ.

- ކޮމެންޓް