ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 07:30
ލަންކާ ކްރިކެޓް ޓީމުގެ ބައެއް ކުޅުންތެރިން
ލަންކާ ކްރިކެޓް ޓީމުގެ ބައެއް ކުޅުންތެރިން
ގޫގުލް
ކްރިކެޓް ވޯލްޑްކަޕް
ލަންކާ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
ކްރިކެޓް ވޯލްޑްކަޕް އޮންނާނީ އޮކްޓޫބަރު 5 އިން ނޮވެމްބަރު 19 އަށް

ކްރިކެޓް ވޯލްޑްކަޕުގެ ކޮލިފައިގައި ކުޅެންޖެހި މުބާރާތުން ޖާގަ ގެއްލިދާނެ ކަމުގެ ބިރު ހީވެފައި އޮއްވައި ސްރީލަންކާ މުބާރާތުން ޖާގަ ހޯދައިފި އެވެ.

ލަންކާ ކޮލިފައިވީ ޒިމްބާބުވޭއާއެކު ކުޅުނު މެޗު ކާމިޔާބުކުރުމުން ކޮލިފައިން މެޗުތައް ނިމޭއިރު އެހެން އެއްވެސް ބަޔަކަށް އެ ގައުމު އަތުނުވާނެކަން ޔަގީންވުމުންނެވެ.

މިއީ ދުނިޔޭގެ އެންމެ ޝަރަފުވެރި ކްރިކެޓް މުބާރާތަށް ކޮލިފައިވުމަށް ދަށް ރޭންކުގެ ގައުމުތަކާއެކު ލަންކާ ކޮލިފައިން ކުޅެން ޖެހުނު ފުރަތަމަ ފަހަރެވެ. އޭޝިޔާ އާއި ދުނިޔޭގެ ކްރިކެޓްގެ ގަދަ ބާރެއްގެ ގޮތުގައި މިހާތަނަށް އޮތް ލަންކާ އަކީ 1996ގެ ދުނޔޭގެ ޗެމްޕިއަނުންނެވެ.

ކޮލިފައިންގައި އެ ގައުމުން ވަނީ ދުނިޔޭގެ ކްރިކެޓްގައި ލަންކާ އަކީ ބާރެއްކަން އެހެން ގައުމުތަކަށް ދައްކާލައިފަ އެވެ. ނެދަލޭންޑްސް އާއި ޒިމްބާބުވޭ އަދި ވެސްޓް އިންޑީޒް އަދި އަޔަލޭންޑް މެނުވީ ކޮލިފައިން ގްރޫޕުގައި ލަންކާ ބަލިކޮށްލެވުނު ބަޔަކު ނެތެވެ.

އެ ގައުމަށް މި ފަހަރު ކޮލިފައިންގައި ވާދަކުރަން ޖެހުނީ ދުނިޔޭގެ ރޭންކިންގެ ގަދަ އަށަކުން ސޮއްސާލުމުންނެވެ. ރޭންކިންގެ ގަދަ ޓީމުތަކުގެ ގޮތުގައި މުބާރާތުން ފުރުސަތު ލިބުނީ އެންމެ ފަހުގެ ޗެމްޕިއަން އިންގްލޭންޑާއި ނިއުޒީލޭންޑާއި ބަނގްލަދޭޝް އާއި ޕާކިސްތާން އަދި އޮސްޓްރޭލިޔާ އާއި އަފްޣާނިސްތާނާއި ދެކުނު އެފްރިކާ އަށެވެ. އިންޑިޔާ އަށް ފުރުސަތު ލިބުނީ މުބާރާތް ބާއްވާ ގައުމުގެ ގޮތުގަ އެވެ. ކްރިކެޓް ވޯލްޑްކަޕް އޮންނާނީ އޮކްޓޫބަރު 5 އިން ނޮވެމްބަރު 19 އަށެވެ.  

- ކޮމެންޓް