އިންޓަނޭޝަނަލް ކްރިކެޓް އަމްޕަޔަރު ޖަވަގާލް ސްރިނަތު އެއް ދުވަހުގެ 250 ވަނަ މެޗުގައި ރެފްރީކަން ކުރަން ތައްޔާރުވެއްޖެ އެވެ.
އޭނާގެ މި ހާއްސަ މެޗަށްވާނީ އޭޝިޔާ ކަޕުގައި ނޭޕާލާއި އިންޑިޔާ ބައްދަލުކުރާ މެޗެވެ. މީގެ ކުރިން އެއް ދުވަހުގެ 250 މެޗުގައި ރެފްރީކަން ކޮށްފައިވަނީ އެންމެ ތިން ރެފްރީންނެވެ. މިހެންވެ ސްރިނަތު ބުނީ މިއީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަމްޕަޔަރެއްގެ ގޮތުގައި މި ހިސާބަށް އާދެވުނީތީވެ ވަރަށް އުފާކުރަން. 17 އަހަރު މިވަނީ މިކަމުގައި އުޅޭތާ. މިވަގުތު އެންމެ އުފާވަނީ އަހަރެން ކުޅުނު މެޗުގެ އަދަދަށްވުރެ ގިނައިން ރެފްރީކަން ކުރެވޭތީވެސްރިނަތު
އޭނާ ބުނީ މި ހިސާބަށް އާދެވުމުން އެންމެ ބޮޑަށް ޝުކުރިއަދާކުރަން ބޭނުންވަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލާއި އިންޑިޔާގެ ކްރިކެޓް އިދާރާ އަށް ކަމަށެވެ. އަދި އޭނާއާއެކު އަމްޕަޔަރުންގެ ގޮތުގައި ތިބި މީހުންނާއި އެހީތެރިވެދިން އެންމެނަށް ޝުކުރު އަދާކުރާ ކަމަށެވެ.
ސްރިނަތަކީ އިންޑިޔާގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއެކެވެ. އޭނާ މަޝްހޫރުވީ ބޯލަރެއްގެ ގޮތުގަ އެވެ. އޭނާ ވަނީ 67 ޓެސްޓް މެޗުގައި 236 ވިކެޓް އަދި އެއް ދުވަހުގެ މެޗުތަކުގައި 229 މެޗު ކުޅެ 315 ވިކެޓް ނަގައިފަ އެވެ. އޭނާ އަކީ 2003 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި އިންޑިޔާ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ކްރިކެޓް އަމްޕަޔަރުކަން ކުރަން ފެށީ ވޯލްޑްކަޕް ލިބުނުތާ ތިން އަހަރު ފަހުންނެވެ.