ކ. މާލެ
|
8 ސެޕްޓެންބަރ 2024 | އާދީއްތަ 11:33
ޤައުމީ އެތުލެޓިކްސް މުބާރާތުގައި އިބާދުﷲ ވާދަކުރަނީ
ޤައުމީ އެތުލެޓިކްސް މުބާރާތުގައި އިބާދުﷲ ވާދަކުރަނީ
ގާފު އެމްވީ
ޤައުމީ އެތުލެޓިކްސް މުބާރާތް
މޮޅު އެތުލީޓުންނަށް ހޮވުނީ އިބާދުﷲ އާއި ފަސޫހާ
މިއީ މި ދެ އެތުލީޓުންނަށް ވެސް ޤައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ މަޤާމު ލިބުނު ފުރަތަމަ ފަހަރެވެ.

މިއަހަރުގެ ޤައުމީ އެތުލެޓިކްސް މުބާރާތުގެ މޮޅު އެތުލީޓުންގެ މަޤާމަށް އިބާދުﷲ އާދަމް އާއި ފަސޫހާ އަޙުމަދު ހޮވިއްޖެ އެވެ.

މިއީ މި ދެ އެތުލީޓުންނަށް ވެސް ޤައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ މަޤާމު ލިބުނު ފުރަތަމަ ފަހަރެވެ.

މިއަހަރުގެ އެތުލެޓިކްސް މުބާރާތުގައި އިބާދުﷲ ވަނީ 100 މީޓަރު ރޭހުގެ އެއް ވަނަ ހޯދައިފަ އެވެ. އެ ރޭހުގެ އެއް ވަނަ އިބާދުﷲ ހޯދީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު ފަހަތަށް ޖައްސާލުމަށްފަހު އެވެ. މިއީ 2013 ވަނަ އަހަރުގެ ފަހުން 100 މީޓަރު ދުވުމުގެ ރޭހުގެ އެއް ވަނަ ސާއިދު ނޫން އެހެން އެތުލީޓަކަށް ހޯދުނު ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން އިބާދުﷲ ވަނީ 200 މީޓަރު ރޭހުން ވެސް އެއް ވަނަ ހޯދައި، ރަން މެޑަލް ޙާސިލު ކޮށްފަ އެވެ. އެ ރޭސް އޭނާ ނިންމީ 21.69 ސިކުންތުންނެވެ. އެ ރޭހުގެ ދެ ވަނަ އަށް ދިޔަ މިންހާލް ޝާމިން ރޭސް ނިންމާފައި ވަނީ 22.00 ސިކުންތުންނެވެ. ތިން ވަނަ އަށް ދިޔައީ ނަޖުދާން ޢަބްދުﷲ އެވެ. އޭނާ ރޭސް ނިންމާފައި ވަނީ 22.17 ސިކުންތުންނެވެ. މި އިވެންޓު އިބާދުﷲ ނިންމީ މީޓް ރެކޯޑާއެކު އެވެ. އޭނާ އަށް އެންމެ މޮޅު އެތުލީޓުގެ މަގާމު ލިބުނީ އެހެންވެ އެވެ.

މިއަހަރުގެ ޤައުމީ މުބާރާތުގައި ފަސޫހާ ވަނީ 400 މީޓަރު، 800 މީޓަރު އަދި 1500 މީޓަރުން އެއް ވަނަ ހޯދައި، ޖުމުލަ ތިން ރަން މެޑަލް ހޯދައިފަ އެވެ. 400 މީޓަރުގެ ރޭސް ފަސޫހާ ކާމިޔާބު ކުރީ 57.22 ސިކުންތުންނެވެ. 800 މީޓަރުގެ ރޭސް ފަސޫހާ ކާމިޔާބު ކުރީ ދެ މިނެޓާއި، 15.96 ސިކުންތުން ރޭސް ނިންމައިފަ އެވެ. އަދި 1500 މީޓަރުގެ ރޭސް ފަސޫހާ ކާމިޔާބު ކޮށްފައި ވަނީ ފަސް މިނެޓާއި، 03.51 ސިކުންތުންނެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް