Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2024 | ހޮނިހިރު 02:21
ރޭސިންގ އެންޑް ޑްރިފްޓް އެސޯސިއޭޝަން އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރަން ދިން ހުއްދަ ބާތިލްކުރިކަން އެންގީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް
ރޭސިންގ އެންޑް ޑްރިފްޓް އެސޯސިއޭޝަން އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރަން ދިން ހުއްދަ ބާތިލްކުރިކަން އެންގީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް
އަރބަންކޯ
ރޭސިންގ އަދި ޑްރިފްޓިންގ ހުއްޓުވުން
‫ރޭސިންގ އެންޑް ޑްރިފްޓް އެސޯސިއޭޝަން އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރަން ދިން ހުއްދަ ބާތިލްކޮށްފި‬
ރޭސިންގ އެންޑް ޑްރިފްޓް އެސޯސިއޭޝަން އަށް ދިން ހުއްދަ ބާތިލްކުރި އިރު އެކަމާއި މަޝްވަރާ ނުކުރޭ
ރޭސިންގ އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރު 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލްކުރުމަށް ވަނީ ރައީސް ނިންމަވާފައި
ޚަބަރުގެ އޯޑިއޯ

ރޭސިންގ އެންޑް ޑްރިފްޓް އެސޯސިއޭޝަން އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރަން ދިން ހުއްދަ ބާތިލްކޮށްފި‬އެވެ.

މިކަން އަންގާ އެކްސްގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‫ރޭސިންގ އެންޑް ޑްރިފްޓް އެސޯސިއޭޝަން އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރު 2023 ގައި ދީފައިވާ ހުއްދާ ބާތިލްކޮށް އެފަރާތަށް އެކަން އަންގާފައިވާ ކަމަށެވެ. ‬

ފަޒުލް މިކަން ހާމަކުރެއްވީ ރޭސިންގ އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރު 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލްކުރުމަށް ހުކުރު ދުވަހުގެ ރޭ އެންގެވުމާއި ގުޅިގެންނެވެ.

ރައީސް މުއިއްޒު ރިޔާސީ އިންތިޚާބު ތެރޭގައި ވިދާޅުވެފައި ވަނީ ޑްރިފްޓިންގ އަކީ މިހާރު ވަރަށް ބޮޑަށް ކުރިއަރައިގެންދާ ކަމެއް ކަމަށެވެ. އަދި އެއީ ރޭސިންގެ އިތުރަށް އޮންނަ ކަމެއް ކަމަށާއި ޑްރިފްޓިން އަކީ ވަރަށް ގިނަ ޒުވާނުން ކުރާ ހިތުން ކުރާ ކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބޭނުންވަނީ ޖާގަ ކަމަށެވެ.

"ފުރަތަމަ ފާށާނީ މާލެ ސަރަހައްދުގައި. އެއީ އަދި އެކަން އެހާ ފުޅާވެގެން ނުދާތީ" ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި އެވެ.

Advertisement

ޒުވާނުންނަށް ރައީސް އޭރު ދެއްވި ޔަގީން ކަމަކީ ޓްރިފްޓިންގ އަށް ސްޓޭޑިއަމް އެއް ގާއިމް ކޮށްދޭނެ ކަމުގެ ޔަގީން ކަމެވެ.

ގަވައިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު ކޮންޓްރޯލް ކުރުމާއި، އުޅަނދަށް ބަދަލުގެނެސްގެން ނުވަތަ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ބޭނުންކުރުން ކޮންޓްރޯލްކޮށް ޢާއްމުންރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަށްޓަކައި 8 ފިޔަވަޅެއް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި، މުއައްސަސާތަކަށް މިއަދު އެންގެވި ކަންކަން ތަންފީޒުކުރުމަށް ނިންމެވީ ގަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދުފަހަރު ކޮންޓްރޯލްކޮށް މަގުމަތީގައި ހިނގާ ނުރައްކާތެރި ޙާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްކަން ފާހަގަކުރައްވާފައިވެއެވެ. އަދި އުޅަނދަށް ބަދަލުގެނެސްގެންނާއި، އުޅަނދުގެ ބާވަތުން ދުއްވާއިރު ބާރުއަޑު އިވޭ އުޅަނދުތައް ބޭނުންކޮށްގެން، އުޅަނދުފަހަރުން ނުކުންނަ ގަދަ އަޑަކީ ޢާއްމު އުނދަގުލަކަށްހެދުން ހުއްޓުވައި، ޢާއްމުރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަކީވެސް މި އެންގެވުންތައް ތަންފީޒުކުރަން ޖެހޭ ސަބަބެއްކަން ފާހަގަކުރައްވާފައިވެއެވެ.

Advertisement

Advertisement
- ކޮމެންޓް