Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2024 | ހުކުރު 13:17
ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވާހަކަދައްކަވަނީ
ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވާހަކަދައްކަވަނީ
އެމްޑީޕީ
ގައުމުގެ ހުރިހާ ބާރެއް ރައީސް މުއިއްޒަށް
ހުރިހާ ބާރެއް އޮތް ނަމަވެސް ރައީސް މުއިއްޒު ހުންނަވަނީ ބިރުން ސިހިސިހި: މެންބަރު ޒިޔާދު
މި ސަރުކާރުގެ ވަޒީރުންނަށް އިތުބާރެއް ނެތް
ފައިސާ ނެތްކަމަށް މި ސަރުކާރުން ބުނި ނަމަވެސް އެކަން ރައްޔިތުން ގަބޫލެއް ނުކުރޭ
ފައިސާ ނެތް ކަމަށް ބުނެ މަޝްރޫއުތައް ހުއްޓާލަމުންދާއިރު، ސިޔާސީ މަގާމުތަކަށް ބޭފުޅުން ނެގުން މަދެއް ނުވޭ

ގައުމުގެ ހުރިހާ ބާރެއް އޮތް ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުންނަވަނީ އަބަދުވެސް ބިރުން ސިހިސިހި ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާގައި މެންބަރު ޒިޔާދު ވިދާޅުވީ ފުރިފައި ހުރި އެއްޗެއް ގުޑުގުޑު ނާޅާ ކަމަށް އަޑު އަހާ ކަމަށާއި، ނަމަވެސް މިހާރު ފެނިގެންދަނީ ފުރިފައި ހުރި އެއްޗެއް ގުޑުގުޑު އަޅާ މަންޒަރު ކަމަށެވެ. މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒަށް ހުރިހާ ބާރެއް ލިބިފައި އޮތް ކަމަށް އެމަނިކުފާނު ހުންނަވަނީ ބިރުން ސިހިސިހި ކަމަށެވެ.

Advertisement

މިސަރުކާރުގެ ވަޒީރުންނަށް އިތުބާރު ނެތްކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ބޭރުގެ ގައުމުތަކުން އެހީގެ ގޮތުގައި ފައިސާ ލިބޭނެ ކަމަށް އެކިއެކި ވަޒީރުން މުއިއްޒަށް ދެންނެވި ނަމަވެސް އެކަންކަން ކާމިޔާބު ނުވާ ކަމަށެވެ. މިހާލަތުގެ ގޮތުން އިިތުބާރު ނެތް ނަަމަވެސް އެ ބޭފުޅުން ވަޒީރުކަމުން ވަކިކުރެވެން ވެސް ނެތް ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

އަބަދުވެސް އަޑު އަހަނީ ފުރިފައި ހުރި އެއްޗެއް ގުޑުގުޑު ނާޅާ ވާހަކަ. އެކަމަކު މިއަދު އަޅުގަނޑުމެންނަށް ފެންނަނީ އެކަން ވެސް ޝައްކުވާ ހިސާބަށް މިދަނީ. ފުރިފައި ހުރި އެއްޗެއް ގުޑުގުޑުއަޅާތަން. ކޮންކަމެއް ނެތީ. ދައުލަތް އެއްކޮށް އެބައޮތް. ސަރުކާރު އެބައޮތް. ރައްޔިތުންގެ މަޖިލިސް އެބައޮތް. ނަމަވެސް އަބަދު އެހުންނަނީ ގުޑުގުޑު އަޅާ. ބިރުން ސިހިސިހި. އެއީ އިތުބާރުގެ މައްސަލަ އޮތީމަ.
ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު

މެންބަރު ޒިޔާދު ވިދާޅުވީ ކުރީ ސަރުކާރުން ކަންކަން ކުރި ގޮތުން ދައުލަތުގައި ފައިސާ ނެތްކަމަށް މި ސަރުކާރުން ބުނި ނަމަވެސް އެކަން ރައްޔިތުން ގަބޫލުނުކުރާ ކަމަށެވެ. މީރާއިން އެންމެފަހުން ނެރިފައިވާ ރިޕޯޓަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ މި ސަރުކާރަށް 15 ބިލިއަން ރުފިޔާ ހަތް މަސް ދުވަސް ތެރޭގައި ލިބިފައިވާ ކަމަށާއި، ނަމަވެސް އެ ފައިސާ ރަނގަޅު ގޮތުގައި މެނޭޖްކުރެވިފައިނުވާ ކަމަށެވެ.

މެންބަރު ޒިޔާދު ވިދާޅުވީ މިސަރުކާރުން ފައިސާ ނެތް ކަމަށް ބުނެ މަޝްރޫއުތައް ހުއްޓާލަމުންދާއިރު، ސިޔާސީ މަގާމުތަކަށް ބޭފުޅުން ނެގުން މަދުނުވާ ކަމަށެވެ.

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ ރައްޔިތުންނަށް ދީފައިވާ ބާރުތައް ނިގުޅައި ގަންނަ ކަމަށްވާނަމަ ސަރުކާރާ ދެކޮޅަށް ރައްޔިތުން ނުކުންނާނެ ކަމަށާއި، ރަށްރަށުގެ ރައްޔިތުން މާލެއަށް އަންނާނެ ކަމަށެވެ. މިމަސައްކަތުގައި ގޮޅިއަށް ދާންޖެހޭ ނަމަ އެކަން ވެސް ކުރާނެ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް