ކ. މާލެ
|
4 ސެޕްޓެންބަރ 2024 | ބުދަ 17:49
2024 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 25 ވަނަ ދުވަހު، ލުބުނާނުގެ ދެކުނުގައި އޮންނަ ޒިބްޤިން ސަރަޙައްދަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގެ ސަބަބުން ސަރަޙައްދުން ބޯ ދުން އަރަނީ
2024 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 25 ވަނަ ދުވަހު، ލުބުނާނުގެ ދެކުނުގައި އޮންނަ ޒިބްޤިން ސަރަޙައްދަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގެ ސަބަބުން ސަރަޙައްދުން ބޯ ދުން އަރަނީ
އޭއެފްޕީ
އިޒްރޭލް - ލުބުނާން ހަނގުރާމަ
ލުބުނާނުން ދިން މިސައިލް ހަމަލާތަކާ އެކު އިޒްރޭލުން ލުބްނާނަށް ހަމަލާ ދީފި
ހިޒްބުﷲ އިން ވަނީ 65 ރޮކެޓް ހަމަލާ އުތުރު އިޒްރޭލަށް ފޮނުވާލާފައެވެ.

ލުބުނާނުގައި ހުރި ހިޒްބުﷲ ޖަމާޢަތުގެ އަމާޒުތަކަކަށް ބުދަ ދުވަހު އިޒްރޭލް ސިފައިން ހަމަލާ ދީފި ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

މިއީ އުތުރު އިޒްރޭލަށް ލުބްނާނުން ދިން މިސައިލް ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާތަކެއް ކަމަށް އިޒްރޭލުން ބުނެއެވެ.

އީރާނުގެ މަދަދުވެރި ހިޒްބުﷲ އިން 65 މިސައިލް ހަމަލާ އިޒްރޭލަށް ފޮނުވާލި ކަމަށާއި އޭގެ ތެރެއިން ބައެއް މިސައިލްތައް އިސްރާއީލުގެ ވައިގެ ދިފާޢީ ނިޒާމުން ހުރަސް އަޅާ ހުއްޓުވި ކަމަށާއި، އަނެއްބައި މިސައިލް ވެއްޓުނީ ހުސް ސަރަހައްދުތަކަށް ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.

ވެއްޓުނު މިސައިލްތަކުގެ ސަބަބުން ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް އިމަޖެންސީ ޚިދުމަތްތަކުން ކުރަމުންދާ ކަމަށް ވެސް އިޒްރޭލުން ބުނެފައިވެއެވެ. މީހަކަށް ގެއްލުން ލިބުނު ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް