ކ. މާލެ
|
4 ސެޕްޓެންބަރ 2024 | ބުދަ 17:42
1948 ގައި އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުތަކުގައި ހިމެނޭ ހައިފާ ބަނދަރުގެ އާންމު މަންޒަރެއް
1948 ގައި އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުތަކުގައި ހިމެނޭ ހައިފާ ބަނދަރުގެ އާންމު މަންޒަރެއް
ރޮއިޓާސް
ހައިފާއަށް ހަމަލާދިނުން
އިރާގުގެ ހަނގުރާމަވެރިން އިޒްރޭލުގެ ހައިފާ އަށް ހަމަލާދީފި
ހަމަލާ ދީފައިވަނީ ކަމިކާޒީ ޑްރޯން ބޭނުން ކޮށްގެން ކަމަށް ބުނެފައިވެެއެވެ.

އިރާގުގެ ހަނގުރާމަވެރިންގެ ގްރޫޕްތަކެއް އެކުލެވޭ ޖަމާއަތަކުން އިޒްރޭލުގެ ހައިފާ ބަނދަރަށް އަންގާރަ ދުވަހު ހަމަލާ ދީފިއެވެ.

ބުދަ ދުވަހުގެ ހެނދުނު އެ ޖަމާޢަތުގެ ޓެލެގްރާމް ޗެނަލްގައި ޝާއިޢުކުރި ބަޔާނެއްގައި ހައިފާ ބަނދަރަށް ދިން ހަމަލާގެ ޒިންމާ ވަނީ ނަގާފައެވެ. ހަމަލާ ދީފައިވަނީ ކަމިކާޒީ ޑްރޯން ބޭނުން ކޮށްގެން ކަމަށް ބުނެފައިވެއެވެ.

އެ ޖަމާޢަތުގެ ބަޔާނުގައި ބުނެފައިވަނީ މި ޑްރޯން ހަމަލާ ދިނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، ޣައްޒާގެ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނަށް ޒަޔަނިސްޓް ވެރިކަމުން ދެމުންދާ އަނިޔާތަކަށް ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

އެ ޖަމާޢަތުން ބުނެފައިވަނީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައިވާ އިޒްރޭލުގެ މުހިންމު ތަންތަނަށް ހަމަލާދީ ހަލާކުކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް