Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 17:27
ރާޅުގަނޑު ސަރަހައްދަށް ބަންޑުން ޖަހާލި ލޯންޗް ކައިރީގައި ފުލުހުންނާއި އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުން
ރާޅުގަނޑު ސަރަހައްދަށް ބަންޑުން ޖަހާލި ލޯންޗް ކައިރީގައި ފުލުހުންނާއި އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުން
ރާއްޖެއެމްވީ
ލޯންޗެއް ބަންޑުން ޖަހާލުން
ރާޅުގަނޑު ސަރަހައްދަށް ލޯންޗެއް ބަންޑުން ޖަހާލައިފި
ބަންޑުން ޖަހާލި ލޯންޗުގައި 4 މީހުން ތިބި
ބަންޑުން ޖަހާލީ މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދެއް

މާލޭގެ ރާޅުގަނޑު ސަރަހައްދަށް ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.

ބަންޑުން ޖަހާލާފައިވާ ލޯންޗް ކައިރީގައި ފުލުހުންނާއި އެމްއެންއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނެފައިވަނީ ރާޅުގަނޑު ސަރަހައްދަށް ލޯންޗެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން ގެންދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

ބަންޑުން ޖަހާލާފައިވަނީ މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދެކެވެ.

Advertisement

ބަންޑުން ޖަހާލި ލޯންޗުގައި ތިބީ 4 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 2 ބިދޭސީންނެވެ. އަދި މީގެ ތެރެއިން ދެމީހަކަށް ވަނީ ކުދި އަނިޔާ ލިބިފައެވެ.

އެ ލޯންޗުގައި ތިބި މީހުން މިހާރު ވަނީ ފުލުހުންގެ ލޯންޗަށް ނަގާފައެވެ. ނަމަވެސް އެމީހުންގެ ހާލަތާއި ގުޅޭ ތަފްސީލެއް ލިބިފައި ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް