ކ. މާލެ
|
30 އޯގަސްޓް 2024 | ހުކުރު 13:59
މޭޖަރ ޖެނެރަލް މުޙައްމަދު ބާޤިރީ
މޭޖަރ ޖެނެރަލް މުޙައްމަދު ބާޤިރީ
ސޯޝަލްމީޑިއާ
އިޒްރޭލުން ހަމާސްގެ ލީޑަރު އަވަހާރަކޮށްލުން
އިޒްރޭލުން ހަމާސްގެ ލީޑަރު އަވަހާރަކޮށްލުމުގެ އަދަބު 'ވިސްނުންތެރި' ކަމާއެކު އީރާނުން ދޭނެ: ޗީފް އޮފް ސްޓާފް
ޖުލައި ފަހުކޮޅު ހަނިއްޔާ އަވަހާރަ ކޮށްލި ހާދިސާ އަށް އެއް މަސް ފުރިފައިވާއިރު އީރާނުން ބުނާ ރައްދާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
ޚަބަރުގެ އޯޑިއޯ

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އިޒްރޭލުން އަވަހާރަކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުން 'ވިސްނުންތެރި' ކަމާއެކު އެކަމުގެ އަދަބު ދޭނެ ކަމަށް އިރާނުގެ އަސްކަރީ ބާރުތަކުގެ ޗީފް އޮފް ސްޓާފް، ތަކުރާރު ކުރައްވައިފިއެވެ.

މޭޖަރ ޖެނެރަލް މުޙައްމަދު ބާޤިރީ ބުދަ ދުވަހު މިހެން ވިދާޅުވީ، ޖުލައި މަހުގެ ފަހުކޮޅު ތެހެރާނުގައި ހުންނަވަނިކޮށް ހިނގި ހަނިއްޔާ އަވަހާރަކޮށްލުމުގެ ޙަދިސާ އަށް އެއް މަސްދުވަސް ފުރި އީރާނުން ބުނާ ބަދަލު ހިފުމާ މެދު އެތައް ބަޔަކު ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ.

ހަނިއްޔާ އަވަހާރަ ކޮށްލީ އިޒްރޭލުން ކަމަށް އީރާނުން ވަނީ ބުނެފައެވެ. އަދި އެކަމުގެ ބަދަލު ހިފުމުގައި ސަރަހައްދުގައި ހަރަކާތްތެރިވާ އީރާނުން މަދަދުވެރިވާ ޖަމާއަތްތަކުން އީރާނާ ބައިވެރިވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަނެއްކޮޅުން އީރާނާއި އީރާނުގެ ބައިވެރިން އިޒްރޭލަށް ދީފާނެ ހަމަލާ އަކުން އިޒްރޭލު ސަލާމަތް ކުރަން އެމެރިކާގެ އަސްކަރީ ގާބިލްކަން ސަރަހައްދުގައި ވަނީ ވަރުގަދަ ކޮށްފައެވެ.

ޖެނެރަލް ބާޤިރީ ވިދާޅުވީ އިޒްރޭލް އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. ޚާއްސަކޮށް އޭނާ ފާހަގަ ކުރެއްވި ގޮތުގައި، އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކަށް ފަހު އިޒްރޭލުގެ ދުވަސް ހިނގައިދާނެ ކަމަށް ދެކޭތީ، އަމިއްލަ ސަލާމަތައް ކަމަށްބުނެ ކޮންމެ ފަދަ ލަދުކުޑަ ޖަރީމާ ހިންގަން ވެސް އިޒްރޭލު ތައްޔާރަށް އޮންނާނެ ކަމަށް ދެކޭ ކަމަށެވެ.

ސަރަޙައްދުގައި އެމެރިކާގެ ދައުރާ ބެހޭގޮތުން ޖެނެރަލް ބާޤިރީ ވިދާޅުވީ، މީގެ 5 އަހަރު ކުރިއާ އަޅާބަލާއިރު ހަމަގައިމުވެސް އެމެރިކާގެ ބާރު ކުޑަ ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ބާރު ކުޑަވަމުންދާތީ އަނބުރާ ކުރީގެ ހާލަތައް ދެވެތޯ އެމެރިކާ އިން ގެންދަނީ މަރުފަލި ޖަހަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް