ކ. މާލެ
|
28 އޯގަސްޓް 2024 | ބުދަ 07:07
ޚާން ޔޫނިސް އަށް އިޒްރޭލުން ދިން ހަމަލާއެއްގައި އަނިޔާވި ކުޑަކުދިން ތަކެއް އެ ސަރަހައްދުން ގެންދަނީ
ޚާން ޔޫނިސް އަށް އިޒްރޭލުން ދިން ހަމަލާއެއްގައި އަނިޔާވި ކުޑަކުދިން ތަކެއް އެ ސަރަހައްދުން ގެންދަނީ
ރޮއިޓާސް
ޣައްޒާ ހަނގުރާމަ
އިޒްރޭލުގެ ވަރުގަދަ ހަމަލާތައް ޣައްޒާގެ މެދުތެރެއާއި ދެކުނަށާއި ހުޅަނގު އައްސޭރިއަށް
ޣައްޒާގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ރިޕޯޓުކުރާ ގޮތުގައި އެންމެ ފަހުން އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 20 މީހުން ޝަހީދުވެފައިވެއެވެ.

ޣައްޒާގެ ސިވިލް ޑިފެންސްއިން ބުނާ ގޮތުގައި ޚާން ޔޫނިސްގެ ގެއަކަށް އިޒްރޭލު ސިފައިން ހަމަލާދިނުމުގެ ސަބަބުން ފުނޑުވެފައިވާ ގާތަކުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމަށް އިސްރޭލުގެ ޓޭންކުތަކުން ބަޑި ޖަހާ ހުރަސްއަޅައިފިއެވެ.

އަނެއްކޮޅުން އިޒްރޭލުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދަނީ ހުއްޓުމެއް ނެތި ބޮން އަޅަމުންނެވެ. ޣައްޒާގެ ދެކުނާއި މެދު ތެރޭ ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށް އަލް ޖަޒީރާ އިން ބުނެއެވެ.

ޣައްޒާގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ރިޕޯޓުކުރާ ގޮތުގައި އެންމެ ފަހުން އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 20 މީހުން ޝަހީދުވެފައިވެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ މައިގަނޑު ގޮތެއްގައި ޣައްޒާގެ މެދުތެރޭގެ ސަރަހައްދުތަކަށާއި ދީރުލް ބަލާޙް އަށާއި ދެކުނުގެ ޚާން ޔޫނިސްއަށެވެ.

ޣައްޒާގައި ޕޯލިއޯ ބަލި ފެތުރިދާނެ ކަމަށް އދ އިން ފެށި މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ޕޯލިއޯ ވެކްސިންގެ ކެމްޕޭނެއް ފެށުމަށް ތައްޔާރު ވަމުން ދަނިކޮށް ޣައްޒާގައި ހުރި ޔޫއެންގެ މައި އޮފީސް ބަންދުކުރަން ޖެހި އެތަނުގެ މަސައްކަތްތައް ހުއްޓާލަން މަޖުބޫރުވި ކަމަށް އދ. ގެ އޮފިޝަލަކު ބުނެފައިވެއެވެ.

އިޒްރޭލް ސިފައިން ބުނާ ގޮތުގައި ހަނގުރާމަމަތީ ހެލިކޮޕްޓަރުތަކާއި ފައިޓަރ ޖެޓުތައް ބޭނުންކޮށްގެން ހުޅަނގު އައްސޭރި އާއި ޖެނިންއާއި ތުލްކަރަމް ގައި އަސްކަރީ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށައިފައެވެ. މި ސަރަހައްދު ތަކުގައި ޔަހޫދީ ސިފައިންނާއި ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެމެދު ނުރައްކާތެރި ހަމަލާތައް ބަދަލުކުރެވެމުންދާ ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

އިޒްރޭލުން ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަދި ލާއިންސާނީ ހަނގުރާމައިގައި އެމެރިކާ އިން އެހީވެދީ ގެންގުޅޭ ދެފުށް ދެގޮތް ސިޔާސަތައް ފަލަސްޠީނުގެ ސިޔާސީ ލީޑަރު އަދި ކުރީގެ ފަލަސްޠީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ މުހިންމު މެންބަރެއް ކަމުގައިވާ ހަނާން އަޝްރާވީ ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައެވެ.

އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމެރިކާއިން އިޒްރޭލް ސިފައިންނަށް ގަތުލުއާންމު ހިންގަން ހަތިޔާރާއި ފައިސާ ދިނުމާއެކު، "ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ހުރިހާކަމެއް ކުރަމުންދާ" ކަމަށް ބުނުމަކީ "ވަރަށް ބޮޑަށް އަޖައިބުވާފަދަ" ކަމެކެވެ.

އެމެރިކާއިން އިޒްރޭލަށް އަސްކަރީގޮތުން ދޭ އެހީތަކާއި އެމެރިކާގެ ޑިޕްލޮމެޓުން ސަރަޙައްދުގެ ސުލްޙައާ ގުޅޭގޮތުން ދައްކާ ވާހަކަތަކާ ދިމާ ނުވާކަން ފާހަގަކުރައްވާ، އަޝްރާވީ ވިދާޅުވެފައިވަނީ "ފުދިއްޖެ" ކަމަށެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި، އެމެރިކާއިން 'ސުލްހައިގެ މަޝްވަރާތައް' ކުރިއަށް ގެންދަނީ އިޒްރޭލުން ހިންގާ ގަތުލުއާންމު ތަކާއި ނަސްލު ނައްތާލުމުގެ ހަނގުރާމަ އަށް އިތުރު ވަގުތު ހޯދައިދިނުމަށް ކަމަށް އަޝްރާވީ ވިދާޅުވިއެވެ.

އިޒްރޭލުން ޣައްޒާއަށް ހިންގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 40،476 މީހުން ޝަހީދުވެ، 93،647 މީހުން ވަނީ ޒަޚަމްވެފައެވެ.

- ކޮމެންޓް