Advertisement
ކ. މާލެ
|
26 އޯގަސްޓް 2024 | ހޯމަ 23:50
މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
އެމްޑީޕީ
ގައުމުގެ އިގްތިސާދު
މި ސަރުކާރުން ކުރާ ކަމަކީ ނާށިގަނޑު ހިފައިގެން ލަދެއް ނެތި ގައުމުތަކަށް ދިއުން، ރައްޔިތުންނަށް ލިބުނު އެއްޗެއް ނެތް - މައުރޫފް
މާލީ ހާލަތު ރަނގަޅުކުރުމަށް އެހެންގައުމަކުން ލޯނެއް ނުވަތަ ސަރުކާރު މިހާރު އޮތް ހާލަތުން އަރައިގަތުމަށް އެއްވެސް ގޮތެއް ނުވޭ
މި ސަރުކާރުގެ ވަޒީރުން ގައުމުތަކަށް ވަޑައިގަންނަވާކަން އެގައުމުގެ ވެރިންނަށްވެސް ނޭނގޭ
ފެނިގެންދަނީ ރައީސުލްޖުމްހޫރިއްޔާ ގައުމުތަކަށް ސިޓީތައް ގަނޑުކޮށް ފޮނުވަމުންދާ މަންޒަރު

ގާނޫނޫ އަސާސީން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކުރަނީ ބައިނަލްއަގްވާމީ މުޖްތަމައުގައި ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތައް އިހުތިރާމްކުރުން އިތުރުކުރުމަށް މަސައްކަތްކުރުން ކަމަށާއި، ނަމަވެސް މިއަދު މިފެންނަނީ ނާށިގަނޑު ހިފައިގެން އެއްވެސް ލަދެއްނެތި ވަޒީރު ބޭފުޅުން މަސައްކަތްކުރައްވާތަން ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ރައްޔިތުންގެ ވާހަކަތަކާއި ނޫސްތަކުގައި ލިޔަމުންދާ ހަބަރުތަކަށް ބަލާއިރު، ސާފުކޮށް އެނގިގެންދަނީ މިހާތަނަށް މި ސަރުކާރަށް އެއްވެއް އެއްޗެއް ލިބިފައި ނެތްކަން ކަމަށެވެ. އަދި އެއްޗެއް ލިބިފައިވީނަމަވެސް ރައްޔިތުންނަށް މި ތަކުލީފުން ސަލާމަތްވާނެ ގޮތެއް ވާން ޖެހޭ ކަމަށެވެ. މައުރޫފް ވިދާޅުވީ މި ސަރުކާރަށް އެއްވެސް އެއްޗެއް ލިބުނުކަމުގެ އިހުސާސެއް ރައްޔިތަކަށް ނުކުރެވޭ ކަމަށެވެ. އަދި ގައުމުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެހެންގައުމަކުން ލޯނެއް ނުވަތަ ސަރުކާރު މިހާރު އޮތް ހާލަތުން އަރައިގަތުމަށް އެއްވެސް ގޮތެއް ވެއްޖެކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

Advertisement

މައުރޫފް ވިދާޅުވީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމް ކުރަނީ ބައިނަލްއަގުވާމީ މުޖްތަމައުގައި ދިވެހިރާއްޖޭގެ އަގު، ހާއްސަކޮށް ރާއްޖޭގެ ސިޔާދަތަށް އިހްތިރާމްކުރުމާއި، އަދި އިހްތިރާމް އިތުރުކުރުމަށް މަސައްކަތް ކުރުންކަމަށެވެ. ނަމަވެސް ފެންނަނީ ގައުމަކާއި ދިމާވާއިރަށް އަތް ދިމާކުރާ މަންޒަރު ކަމަށާއި، ނާށިގަނޑު ހިފައިގެން އެއްވެސް ލަދެއް ނެތި ވަޒީރު ބޭފުޅުން ފުރަފުރައިގެން ގޮސް މަސައްކަތް ކުރައްވާ މަންޒަރު ކަމަށެވެ.

ބައެއް ހާލަތްތަކުގައި ގައުމުތަކުގެ ވެރިންނަށް، ކަމާއި ބެހޭ ފަރާތްތަކަށް ނުވެސް އެނގޭ. ގޮސް ހުއްޓާ ދިމާވެގެން މި އަހާލަނީ ކީއްކުރަނީތޯ؟ އަހާލިމަ މި ދަންނަވަނީ އެއްޗެއް ލިބޭތޯއޭ. ދެން އަޅުގަނޑުމެންގެ ވަޒީރުން މި ދަންނަވަނީ ތިބޭފުޅުންނަށް އެނގިލައްވާތޯއޭ ރާއްޖެ ވަރަށް ރީތިތަނެކޭ. ބުނާއިރަށް މި ވިދާޅުވަނީ އާދެ އާދެ ތިމަންމެން ދެކުނީމޭ ތިބޭފުޅުންގެ ޓުއަރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަ. ރާއްޖޭގެ ހާލަތު އަޅުގަނޑުމެންނަށް އެބަ އިނގެޔޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އެއްވެސް ހަމައެއް ލަމައެއް ނެތި ރާއްޖޭގެ އިގްތިސާދީ ހަލަތުގެ ވާހަކަ އަދި މާލީ ހާލަތުގެ ވާހަކަ ހިފައިގެން ގޮސް ސަލާންޖަހާ މަންޒަރު.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ ފެނިގެންދަނީ ރައީސުލްޖުމްހޫރިއްޔާ ގައުމުތަކަށް ސިޓީތައް ގަނޑުކޮށް ފޮނުވަމުންދާ މަންޒަރު ކަމަށާއި، ކުރައްވާ ކަމަކީ ސިޓީގެ އެޑްރެސް އަދި ސުރުހީ ބަދަލުކޮށްލެއްވުން ކަމަށެވެ. އަދި ގަނޑުކޮށް ސިޓީ ތައްޔާރުކޮށްފައި ހުރިނަމަވެސް މިހާތަނަށް ވެސް ސަރުކާރަށް އަލިމަގެއް ނުފެންނަ ކަމަށެވެ.

އަދި މިހާތަނަށް އައި އިރު ސަރުކާރަށް އެއްވެސް އެހީއެއް ލިބިފައިވާ ކަމަށް ގަބޫލެއް ނުކުރެއްވޭ ކަމަށާއި، ސަރުކާރުންވެސް އެއިން ކަމެއް ހާމަ ނުކުރައްވާ ކަމަށެވެ. މި ސަރުކާރަކީ ކަންކަން ހާމަނުކުރާ ސަރުކާރެއްގެ ގޮތުގައި ފެނިގެންދާ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް