Advertisement
ކ. މާލެ
|
26 އޯގަސްޓް 2024 | ހޯމަ 20:11
އެލައިޑްގެ އިންޝިއުރަންސް ޕެކޭޖް ޓީޓީއެމް އެވޯޑްސް ގާލާގައި ހަވާލުކުރަނީ
އެލައިޑްގެ އިންޝިއުރަންސް ޕެކޭޖް ޓީޓީއެމް އެވޯޑްސް ގާލާގައި ހަވާލުކުރަނީ
އެލައިޑް އިންޝުއަރެންސް
އެލައިޑް ހެލްތް ޕްލޭން
ޓީޓީއެމް ގާލާގެ ތެރެއިން ނަސީބުވެރި 3 ފަރާތަކަށް އެލައިޑްގެ ކޮމްޕްލިމެންޓަރީ ޕްރިމިއަމް ހެލްތް ޕްލޭނަކާއި ވަރލްޑްވައިޑް ޓްރެވަލް ޕްލޭންސް ހަދިޔާކޮށްފި
ޕްރިމިއަމް ވަރލްވައިޑް ޓްރެވަލް ޕްލޭން ލިބިފައިވަނީ އިބްރާހިމް ވަހީދާއި އަލީ ނާހިޒްއަށް
ހެލްތް އިންޝުއަރަންސް ޕްލޭންތަކުގެ ތެރެއިން، އެންމެ މަތީ ގިންތީގެ "ސިލެކްޓް ގޯލްޑް" ލިބިފައިވަނީ މުހައްމަދު މިރުސާދުއަށް

ނިމިދިޔަ ޓްރެވަލް ޓްރޭޑް މޯލްޑިވްސް ގާލާ އިވެންޓްގެ ތެރެއިން އެލައިޑް އިންޝުއަރަންސުން 3 ފަރާތަކަށް ކޮމްޕްލިމެންޓަރީ އިންޝުއަރަންސް ޕްލޭންސް ހަދިޔާކޮށްފިއެވެ.

އަދާރަން ހުދުރަންފުށީގައި ކުރިޔަށް ދިޔަ މިއިވެންޓްގެ ތެރެއިން ނަސީބުވެރިން ހޮވާފައިވަނީ އިވެންޓަށް ދިޔަ ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތަކުންނެވެ. އެގޮތުން އެލައިޑްގެ އެންމެ ފުރިހަމަ، ޕްރިމިއަމް ވަރލްވައިޑްޓްރެވަލް ޕްލޭންލިބިފައިވަނީ އިބްރާހިމް ވަހީދާއި އަލީ ނާހިޒް އަށެވެ.

Advertisement

ހެލްތް އިންޝުއަރަންސް ޕްލޭންތަކުގެ ތެރެއިން، އެންމެ މަތީ ގިންތީގެ "ސިލެކްޓް ގޯލްޑް" ލިބިފައިވަނީ މުހައްމަދު މިރުސާދު އަށެވެ. އެލައިޑް އިންޝުއަރަންސް ކުންފުނީގެ ފަރާތުން މިޕްލޭންސް ހަވާލުކޮށްދެއްވާފައިވަނީ ކުންފުނީގެ ސީ.އޯ.އޯ ޔޫލިއާނާ ރުސޭއީއެވެ.

އެލައިޑް އިންޝުއަރަންސަކީ މިއަހަރުގެ ޓީޓީއެމްގެއިންޝުއަރަންސްޕާޓްނަރެވެ. އެގޮތުން އެލައިޑުން ފޯރުކޮށްދޭ އިންޝުއަރަންސް ސޮލިއުޝަންސް އާއި ބެހޭ ގިނަ ގުނަ މައުލޫމާތު ވަނީ އެގްޒިބިޓަރުންނާއި ހިއްސާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް