ކ. މާލެ
|
26 އޯގަސްޓް 2024 | ހޯމަ 14:42
ފަލަސްތީނުގެ ބަލި މީހެއް އިޒްރޭލް ސިފައިންގެ ދީފާނެ ހަމަލާއަކަށް އަލްއަޤްސާ ހޮސްޕިޓަލް ދޫކޮށްދަނީ
ފަލަސްތީނުގެ ބަލި މީހެއް އިޒްރޭލް ސިފައިންގެ ދީފާނެ ހަމަލާއަކަށް އަލްއަޤްސާ ހޮސްޕިޓަލް ދޫކޮށްދަނީ
ރޮއިޓާސް
ފަލަސްތީން - އިޒްރޭލް ހަނގުރާމަ
ޣައްޒާގެ ސްކޫލަކަށް އަނެއްކާވެސް އިޒްރޭލުން ބޮން އަޅައިފި
އަލް-އަޤްޞާ ހޮސްޕިޓަލް ކައިރި ސަރަޙައްދުތަކުން މީހުން ހުސްކުރުމަށް އާދިއްތަ ދުވަހު އިޒްރޭލް ސިފައިން ވަނީ އަމުރު ކޮށްފައެވެ.

އިޒްރޭލުގެ ސިފައިން ގަޒާގެ މެދުތެރޭގައި ހުރި، ގެދޮރު ގެއްލިފައިވާ ފަލަސްތީން މީހުން ގެ ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރަމުންދިޔަ ސްކޫލަކަށް ބޮން އަޅައިފިއެވެ.

އަނެއްކޮޅުން އަލް-އަޤްޞާ ހޮސްޕިޓަލް ކައިރި ސަރަޙައްދުތަކުން މީހުން ހުސްކުރުމަށް އާދިއްތަ ދުވަހު އިޒްރޭލް ސިފައިން ވަނީ އަމުރު ކޮށްފައެވެ. މި ހޮސްޕިޓަލް އަކީ އެ ސަރަހައްދުގައި ހުރި ހަމަ އެކަނި ޚިދުމަތް ދޭ ހޮސްޕިޓަލެވެ. ހޮސްޕިޓަލް ސަރަހައްދު ހުސްކުރަން އެންގުމުން، އިޒްރޭލުން ހޮސްޕިޓަލް ސަރަހައްދަށް ހަމަލާ ދީފާނެ ކަމަށް ބަލާ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދިޔަ ބައެއް މީހުން ވަނީ ގޮސްފައެވެ. އަލް ޖަޒީރާ އިން ބުނާ ގޮތުގައި ޣައްޒާގެ ސިއްހަތާ ބެހޭ މިނިސްޓްރީން ބުނެފައިވަނީ ހޮސްޕިޓަލުގައި އެނދުމަތ ކޮށްފައިތިބި 100 ބަލި މީހުންނަށް ފަރުވާ ދިނުން ކުރިއަށް ގެންދާނެ ކަމަށެވެ. ހޮސްޕިޓަލުގައި 7 މީހަކަށް އިންޓެންސިވް ކެއަރ ފަރުވާ ދެމެންދާ ކަމަށްވެސް ޣައްޒާގެ ސިއްހަތާ މިނިސްޓްރީން ބުނެފައިވެއެވެ.

މިސްރުގައި ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ކާމިޔާބު ކަމަށް ނުފެންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މަޝްވަރާގެ މޭޒަށް އިޒްރޭލުން ގެނައި އައު ކަންތައްތައް ގަބޫލު ނުކުރާނެ ކަމަށް ހަމާސް އިން ބުނެފައިވެއެވެ. އޭގެ ބަދަލުގައި ހަމާސް އިން ބުނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި އދ.ގެ ސަލާމަތީ މަޖިލީހުން ހުށަހެޅި ޕްރޮޕޯސަލް އާ އެއްގޮތައް އިޒްރޭލުން ކުރިއަށް ދާން ޖެހޭނެ ކަމަށެވެ.

އެންމެ ފަހުގެ ހިސާބުތައް ބުނާ ގޮތުން އިޒްރޭލުން ޣައްޒާ ގައި ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީން އިން މަދުވެގެން 40،334 މީހުން ޝަހީދު ވެ، 93،356 މީހުން ވަނީ ޒަޚަމްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް