Advertisement
ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 19:03
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ބީއެމްއެލްގެ ނިންމުން ކުށްވެރިކުރުން
ބީއެމްއެލްއިން ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމާ އެކަން އިއުލާން ކުރީ ސަރުކާރާއެކު މަޝްވަރާކުރުމަށްފަހު، މަޝްވަރާތަކާ ހިލާފަށް: ސަރުކާރު
ބޭރުގެ ފައިސާ ލިބޭނެ އިންތިޒާމްތަކެއް ފަހިކުރުމަށް ބޭންކުގެ ކުށަހެޅުންތަކެއް އެބަހުރި، ތަފްސީލެއް ނުދެއްވާ
ޑޮލަރު މައްސަލައިގައި ބީއެމްއެލްއާއި އިކޮނޮމިކް ކައުންސިލާ ދެމެދު މަޝްވަރާތައް ކޮށްފައިވޭ
ބީއެމްއެލްއިން ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި
ޚަބަރުގެ އޯޑިއޯ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމާ އެކަން އިއުލާން ކުރީ ސަރުކާރާއެކު މަޝްވަރާކުރުމަށްފަހު، މަޝްވަރާތަކާ ހިލާފަށް ކަމަށް ސަރުކާރުން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް ބަދަލުގެނެސް، އެ ބަދަލުތައް އިއުލާނުކުރީ އާދިއްތަ ދުވަހުގެ ހެނދުނުއެވެ. ބޭންކުން މައުލޫމާތު ދިން ގޮތުގައި މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީއެވެ. ނަމަވެސް އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ވަނީ އެ ނިންމުން ބީއެމްއެލުން ބަދަލުކޮށްފައެވެ.

Advertisement

މިކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް އާދިއްތަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލްގެ އެނިންމުމަކީ ސަރުކާރުގެ ނިންމުމެއް ނޫން ކަމަށާއި، އެގޮތަށް އަމަލުކުރީ ސީދާ ރައީސް ޑރ.މުހައްމަދު މުއިއްޒު އެކަން އެގޮތަށް އަމަލުނުކުރަން އަންގާފައިވަނިކޮށް ކަމަށެވެ.

މިމައްސަލައާ ގުޅިގެން ރައީސް މުއިއްޒު، ބީއެމްއެލްގެ ސީއީއޯ މަޝްވަރާ ކުރެއްވިކަން ފާހަގަކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ ކުރިން އޮތް ގޮތަށް ނިންމުން ބަދަލު ކުރެވިފައިވާ ކަމަށެވެ. ބީއެމްއެލްއަށް ބޭރުގެ ފައިސާ ލިބޭނެ އިންތިޒާމްތަކެއް ފަހިކުރުމަށް ބޭންކުގެ ކުށަހެޅުންތަކެއް އެބަހުރި ކަމަށާއި، އެހުށަހެޅުންތަކަކީ ނުވާނެ ކަންކަން ނޫން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްއެމްއޭއާ މަޝްވަރާ ކުރެވި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް ބީއެމްއެލްގެ ހުށަހެޅުންތަކުގެ ތަފްސީލެއް މިނިސްޓަރު ސައީދު ނުދެއްވިއެވެ.

ބީއެމްއެލްގެ މިދިޔަ 10 މަސް ދުވަހުގެ ޕެޓާނަށް ބެލިއަސް ފާއިތުވި 5 އަހަރު ގެ ޕެޓާންއަށް ބެލިއަސް މިޑިޕް އެބަ އާދޭ އަހަރެއްގެ ތެރޭގައި ދެފަހަރު. ގާތްގަނޑަކަށް ދެ ފަހަރު ނުވަތަ ތިން ފަހަރު އެބަ އާދޭ ފޮރެން ކަރެންސީގެ ޑިޕެއް އެނގޭތޯ. އެއީ އަންޔޫޝުއަލް ކަމެއް ނޫން. މާނައަކީ އެކްސްޓްރާ އޯޑަނަރީ ހާލެއް ނޫން. އެހެންނަމަވެސް ކޮވިޑާއެކު މުޅި ދުނިޔެ ބަދަލުވެ ޚާއްސަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން އަޅުގަނޑު މިމަސައްކަތް ކުރަނީ ވަރަށް ގިނަ ބޭފުޅުން އަޑު އައްސަވަން ބޭނުންފުޅު ނުވާނެ ކުރީ ސަރުކާރު ކިޔާ އަޑު. އެހެންވީމަ އެވާހަކަ މާ ބޮޑަށް ނުދައްކާ އަޅުގަނޑުމެންނަށް ވާރުތަވި ހާލަތަކުން އާދަޔާ ހިލާފު ހާލަތަކުން އެނގޭތޯ. އެހާލަތުން ސަލާމަތްވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައި ބީއެމްއެލްއާއެކު އަޅުގަނޑުމެން އިކޮނޮމިކް ކައުންސިލްގައި ވަރަށް ޑީޓެއިލްކޮށް މިވާހަކަ ދެއްކިން އެނގޭތޯ. މިވާހަކަ ދައްކާފައި ދެ ފަރާތުން އެއްބަސްވީ މިޑެސިޝަން މިވަގުތު ނުނަގަން. އެނގޭތޯ. ނަމަވެސް ކުއްލި މިހާލަތު ބީއެމްއެލް ތެރޭގައި މިހާލަތު ބަދަލުވި ގޮތް އަޅުގަނޑުމެންނަށް އޭގެ ޖަވާބު. އަޅުގަނޑު ކުރިން ދެންނެވިހެން ކޯޕަރޭޓް އުސޫލުން ކުންފުނިތައް ހިނގާނީ. ސަރުކާރުން ސީދާ ކުންފުނިތައް ހިންގަންވާ ގޮތަކަށް ނުފޫޒެއް ނުފޯރުވާނެ. ނަމަވެސް އަޅުގަނޑުމެންނަށް މުހިންމޭ އަޅުގަނޑުމެންގެ ރައީސްއަށް މުހިންމޭ ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ކުދިން. އަޅުގަނޑުމެންނަށް މުހިންމޭ ރާއްޖެއަށް ކާޑު ގެނައުން. ރާއްޖެއަށް ފިއުލް ގެނައުން. ރާއްޖެއަށް ކުދިއަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޮންލައިންކޮށް ވިޔަފާރި ކުރެވުން. އެހެންވީމަ އެއިން ކަމަށް ހިޔަންޏެއް އެޅެންޏާ އަޅުގަނޑުމެން އިންޓަވިން ކުރަންޖެހޭ ހާލަތެއްގައި އިންޓަވިން ކުރަނީ ކޯޕަރޭޓިވް އުސޫލުގެ ދަށުން އަޅުގަނޑުމެން ވާހަކަދައްކަނީ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

މިވާހަކަތަކަށް ބާރު ދެއްވައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ޑޮލަރު މައްސަލައިގައި ބީއެމްއެލްއާއި އިކޮނޮމިކް ކައުންސިލާ ދެމެދު މަޝްވަރާތައް ކޮށްފައިވާ ކަމަށާއި، ބީއެމްއެލުން އަމަލުކޮށްފައިވަނީ ނިންމި ގޮތާ ހިލާފަށް ކަމަށެވެ.

އިކޮނޮމިކް ކައުންސިލްއާ މަޝްވަރާތަކެއް ކުރެވުނު ބީއެމްއެލްއާ. ނަމަވެސް މަޝްވަރާކޮށްގެން އެގްރީވި ގޮތަކަށް ނޫން މިއަދު ޑެސިޝަން އެއީ. އެހެންވީމަ އެކަމާ ގުޅޭގޮތުން ބެންކާ ސަރުކާރުގެ ފަރާތުން އަދި އެމްއެމްއޭގެ ފަރާތުން މަޝްވަރާކޮށްގެން އެމްއެމްއޭ އިތުރު އެޝުއަރެންސްތައް އަދި ސަރުކާރުގެ އިތުރު އެޝުއަރެންސްތައް ބޭންކްއަށް ދިނުމުން އެ ބޭންކުން ނިންމުން ބަދަލުކުރި ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް

ބޭންކުން ކުރިން ގެނައި ބަދަލުތަކަށް ބަލާއިރު، މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި، މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެކަމަށް ބުނެފައިވެއެވެ.އަދި މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުމަށްވެސް ނިންމިއެވެ.

އެ ބަދަލާއެކު ރައްޔިތުން ސޯޝަލް މީޑިއާގައި ސަރުކާރަށް ދެކޮޅަށް އަޑު އުފުލައި، އެތައް ބަޔަކު ވަނީ ސަރުކާރުގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ.

Advertisement

Advertisement
- ކޮމެންޓް