Advertisement
ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 14:54
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ
ބީއެމްއެލް
ޑޮލަރު ދޫކުރުން ހުއްޓާލުން
މިއަހަރު އަދި ގަންނަން ލިބުނީ 60 މިލިއަން ޑޮލަރު، ތަކުރާރުކޮށް ބުނެފައިވާނެ ބޭންކަށް ވިއްކޭނީ ބޭންކަށް ގަނެވޭ މިންވަރެކޭ: ސީއީއޯ
ކާޑުތައް ބޭނުންކޮށްގެން މައިގަނޑު ގޮތެއްގައި ކުރާ ދަތުރުތަކާއި އޮންލައިން ވިޔަފާރިތަކަށް ވުރެ އިގްތިސާދީ މުހިންމު ހަރަކާތްތަކަށް ބޭނުން ކުރަން ހޭދަކުރާ ބޭރު ފައިސާގެ މިންވަރު 75 އިންސައްތަ ދަށް
ބޭންކުން ބުނަނީ ޑޮލަރު ގަންނަން ލިބޭ މިންވަރަށް ވުރެ ކާޑު ބޭނުން ކުރާ މިންވަރު ތިން ގުނަ މަތި ކަމަށް
ބޭންކުން ބުނީ މި ފިޔަވަޅަކީ އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ބޭރުފައިސާ މެދު ނުކެނޑި ފޯރުކޮށްދިނުމަށް ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް ކަމަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ މިހާތަނަށް 60 މިލިއަން އެމެރިކާ ޑޮލަރު ގަނެފައިވާނެ ކަމަށާއި، ބޭންކަށް ވިއްކޭނީ ބޭންކަށް ގަނެވޭ މިންވަރެއްގެ ޑޮލަރު ކަމަށް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވެއްޖެއެވެ.

Advertisement

ބީއެމްއެލް އިން އާދިއްތަ ދުވަހު ވަނީ ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުން ހުއްޓާލާ އެކަން އިޢުލާނުކޮށްފައެވެ. ބޭންކުން ބުނީ މި ބަދަލުތައްކަށް ވަގުތުން ޢަމަލުކުރަން ފަށާފައިވަނީ ކާޑުތަކުން ބޭރު ފައިސާ ބޭނުންކުރުން އިތުރުވަމުން ދިއުމާއި، ބޭންކަށް ބޭރު ފައިސާ އިތުރަށް ލިބޭނެ ގޮތެއް ނެތުމުން ކަމުގައެވެ.

ބޭންކުން އިޢުލާނުކުރެވުނު ބަދަލުތަކަކީ:

  1. މިހާރު ބޭނުންކުރަމުންދާ ޑެބިޓް ކާޑުތައް: ދިވެހި ރުފިޔާގެ އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކުން ބޭރު ފައިސާގެ މުޢާމަލާތްތައް ކުރުން ހުއްޓާލުން
  2. އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ދިވެހި ރުފިޔާގެ އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކުން ބޭރު ފައިސާގެ މުޢާމަލާތްތައް ކުރުމަށް އެއްވެސް އަދަދެއްގެ ބޭރު ފައިސާ ނުލިބޭނެ
  3. މިހާރު ބޭނުންކުރަމުންދާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: ބޭރު ފައިސާގެ މުޢާމަލާތްތަކަށް މަހަކު ހުއްދަދެވޭ އަދަދު 100 އެމެރިކާ ޑޮލަރަށް ދަށްކުރުން

ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވެފައިވަނީ، ބޭންކުން ވޭތުވެދިޔަ އަހަރު ކާޑު ބޭނުންކުރާ މިންވަރު ބަލަމުން ގެންގޮސްފައިވާނެ ކަމަށާއި، މީގެ ކުރިން ދެއްކި އެތައް ވާހަކަތަކުގައި އަދި އިންޓަވިއުތަކުގައި ބޭންކަށް ވިއްކޭނީ ބޭންކަށް ގަނެވޭ މިންވަރެއް އެކަނި ކަން ހާމަ ކޮށްފައިވާނެ ކަމަށެވެ.

"މިއަހަރު އަޅުގަނޑުމެން ކަސްޓަމަރުންގެ އަތުން ގަންނަން ލިބުނީ ގާތްގަނޑަކަށް 60 މިލިއަން އެމެރިކާ ޑޮލަރު، އެކަމަކު ކާޑު ބޭނުންކުރާ މިންވަރު އެއަށްވުރެ ތިން ގުނަ މަތި. ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ވިޔަފާރި ކަސްޓަމަރުންނަށް ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތިވޭ،" ބޭންކުން އާދިއްތަ ދުވަހު ނެރުނު ބަޔާނުގައި ސީއީއޯ ވިދާޅުވި ކަމަށް ބުނެފައިވެއެވެ.

ތަފާސް ހިސާބަށް ބަލާއިރު ކާޑުތައް ބޭނުންކޮށްގެން މައިގަނޑު ގޮތެއްގައި ކުރާ ދަތުރުތަކާއި އޮންލައިން ވިޔަފާރިތަކަށް ވުރެ އިގްތިސާދީ މުހިންމު ހަރަކާތްތަކަށް ބޭނުން ކުރަން ހޭދަ ކުރާ ބޭރު ފައިސާގެ މިންވަރު 75 އިންސައްތަ ދަށް ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.

ބޭންކުން ބުނީ މި ފިޔަވަޅަކީ އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ބޭރުފައިސާ މެދު ނުކެނޑި ފޯރުކޮށްދިނުމަށް ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް ކަމަށެވެ.

"ބޭންކުން މިއަދު މިގެނެވުނު ބަދަލަކީ ކަސްޓަމަރުންނަށް ނުހަނު ބޮޑު އަސަރެއް ކުރާނެ ބަދަލެއްކަން އަޅުގަނޑު ގަބޫލު ކުރަން،" ބީއެމްއެލްގެ ސީއީއޯ ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް