Advertisement
ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 13:31
ޑޮލަރުތަކެއް ހިފައިގެން ހުރި މީހެއް
ޑޮލަރުތަކެއް ހިފައިގެން ހުރި މީހެއް
ގެޓީ އިމޭޖަސް
ޑޮލަރުގެ މުއާމަލާތްތައް ހުއްޓާލުން
ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށްވެސް ދެން ކާޑުން ޑޮލަރެއް ނުލިބޭނެ
މިއަދުގެ ނިޔަލަށް ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ރުފިޔާ ކާޑަށް ކޮންމެ މަހަކު 750 ޑޮލަރު ލިބެމުން އައި

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުން ކުރަމުން އައި ޑޮލަރު މުއާމަލާތްތައް އާދިއްތަ ދުވަހުން ފެށިގެން ހުއްޓާލިއިރު ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދެމުން އައި ޑޮލަރު ވެސް ކަނޑާލައިފި އެވެ.

ބީއެމްއެލް ރުފިޔާ ކާޑުން ކުރިން ދަރިވަރުންނަށް ނެގޭ ގޮތައް އޮތް ޑޮލަރު މުޅިން ހުއްޓާލިއިރު ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ކޮންމެ މަހެއްގެ މައްޗަށް ނެގޭ ޑޮލަރުގެ އަދަދު 750 ން 1200ށް މަތި ކުރުމަށް މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އޮތް ކެބިނެޓް ބައްދަލުވުމުގައި ނިންމާ އެކަން ވަނީ އިއުލާން ކޮށްފައެވެ. އަދި މި އަހަރުގެ ފެބްރުއަރީ 1 ން ފެށިގެން އެކަން ތަންފީޒް ކުރާނެ ކަމަށް ވެސް އިއުލާން ކުރިއެވެ. މި ނިންމުމަށް 7 މަސް ވެގެން ދިޔައިރު އިރު އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ރުފިޔާ ކާޑަށް ޑޮލަރު ނުދޭން ބީއެމްއެލްގެ ބޯޑުން ނިންމުމާއެކު މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުގެ ތެރެއިން ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓަކަށްވާނަމަ ބޭރު ފައިސާގެ ގޮތުގައި ދެން އެއްވެސް އަދަދަކަށް ޑޮލަރު ނުލިބޭނެ ކަމަށް ބޭންކުން ވަނީ އާދިއްތަ ދުވަހު އިއުލާން ކޮށްފައެވެ.

ޑޮލަރު ލިބުމަށް އައި މިބޮޑު ތާއްޓާއެކު ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް ގެންދަނީ ފާޅު ކުރަމުންނެވެ.

Advertisement

ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް މިހާތަނަށް 250 ޑޮލަރާ ހަމައަށް ކުރެވެމުން އައިސްފައިވެއެވެ.

ބޭންކުން މި ގެނައި ބޮޑު ބަދަލާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަރަށް ބޮޑުތަން ވަނީ އުފުލިފައެވެ. މެންދުރާ ހަމަ އަށް ޑޮލަރު ހުރީ 19ރ އަށް އަރާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް