ގޭތެރޭގައި ހިފާފައި ހުންނަ ޒާތްޒާތުގެ ވަސްތައް ފިލުވާލުމަށް ފަސޭހަ އަދި ޚަރަދު ކުޑަ ގޮތެއް
24 އޯގަސްޓް 2024 | ހޮނިހިރު 14:41
ގޭތެރޭގައި ހިފާފައި ހުންނަ އެކިކަހަލަ ވަސްތައް ފިލުވާލުމަށް ބޭނުންކުރެވިދާނެ ބައެއް ތަކެތި ދައްކުވައިދޭ ފޮޓޯއެއް
ގޭތެރޭގައި ހިފާފައި ހުންނަ އެކިކަހަލަ ވަސްތައް ފިލުވާލުމަށް ބޭނުންކުރެވިދާނެ ބައެއް ތަކެތި ދައްކުވައިދޭ ފޮޓޯއެއް
ރާއްޖެއެމްވީ

ބޭނުންވާ ތަކެތި:

  1. ބޭކިންގ ސޯޑާ
  2. ވެނިލާ އެކްސްޓްރެކްޓް
  3. ކުޑަ ތަށްޓެއް ނުވަތަ ކޮންޓެއިނަރެއް

ތައްޔާރު ކުރާނެ ގޮތް:

ކުޑަ ތައްޓެއްގެ ތެރެއަށް ½ ޖޯޑު ބޭކިންގ ސޯޑަރ އާއި އެއް ސައި ސަމުސާ ވެނީލާ އެކްސްޓްރެކްޓް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ގޭތެރޭގައި ވަސް ހިފާފައި ހުންނަ ތަންތަން މިސާލަކަށް ފްރިޖް، އަލަމާރި، ކޮޓަރި، ފަދަ ތަންތަނުގައި ބަހައްޓާށެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު ނުވަތަ އައު ކުރަން ބޭނުންވެއްޖެ ހިނދެއްގައި މި މިކްސްޗަރ އައު ކުރާށެވެ.

ބޭކިންގ ސޮޑާއަކީ ނުބައި ވަސްތައް ނައްތާލުމުގެ ބާރު ލިބިފައިވާ މާއްދާއެކެވެ. ނުބައި ވަސްތައް ފިލުވާލުމުގައި މުހިއްމު ދައުރެއް އަދާކުރާނެއެވެ. ވެނީލާއިން މީރުވަސް މާހައުލަށް ގެނެސްދޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް