ކ. މާލެ
|
23 އޯގަސްޓް 2024 | ހުކުރު 17:07
އެކްސިޑެންޓް ހިނގި ސަރަހައްދުން ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ މަންޒަރު ވީޑިއޯތަކުން ފެނޭ
އެކްސިޑެންޓް ހިނގި ސަރަހައްދުން ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ މަންޒަރު ވީޑިއޯތަކުން ފެނޭ
އޭ.އެން.އައި
އިންޑިއާގެ ބަހެއް ނޭޕާލްގެ ކޯރަކަށް ވެއްޓުން
އިންޑިއާގެ ބަހެއް ނޭޕާލްގެ ކޯރަކަށް ވެއްޓި 14 މަރު
ތަނަހުން ޑިސްޓްރިކްޓްގެ މަރްސިޔަންގްދީ ކޯރުގެ އައްސޭރިފަށުގައި ހާދިސާ ހިނގި ތަނުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

އިންޑިއާއިން ފަސިންޖަރުން އުފުލަމުންދިޔަ ބަހެއް ނޭޕާލުގެ ކޯރަކަށް ވެއްޓި މަދުވެގެން 14 މީހުން މަރުވެއްޖެކަމަށް އޮފިޝަލުން ބުނެފިއެވެ.

ޚަބަރުތައް ބުނާ ގޮތުން، ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއަށް ޕޮކަރާއިން ދަތުރުކުރަމުންދިޔަ ބަހުގައި ގާތްގަނޑަކަށް 40 މީހުން ތިބިކަމަށް ބެލެވެއެވެ.

ތަނަހުން ޑިސްޓްރިކްޓްގެ މަރްސިޔަންގްދީ ކޯރުގެ އައްސޭރިފަށުގައި ހާދިސާ ހިނގި ތަނުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.

ހާދިސާ ހިނގި ސަބަބާއި މަރުވި މީހުން އަދި ދެނެގަނެވިފައެއް ނުވެއެވެ.

ނޭޕާލު އަސްކަރީ ހެލިކޮޕްޓަރެއްގައި މެޑިކަލް ޓީމެއް ހާދިސާ ހިނގި ސަރަޙައްދަށް މިހާރު ވަނީ ފޮނުވާފައެވެ.

ޕޮކަރާއިން ކަތުމަންޑޫއަށް ދަތުރުކުރާ ބަސް ރޫޓަކީ އިންޑިއާގެ ފަތުރުވެރިންނާއި އާންމުންގެ މެދުގައި ވަރަށް މަޤްބޫލު ރޫޓެއް ކަމަށް ޚަބަރުތައް ބުނެއެވެ.

މަގުތަކާއި އުޅަނދުތައް ރަނގަޅަށް މަރާމާތު ނުކުރުމާއި، ފަރުބަދަ ސަރަޙައްދުތަކުގައި ހުންނަ ހަނި މަގުތަކުގެ ސަބަބުން ނޭޕާލުގައި އެއްގަމު އެކްސިޑެންޓްތައް ވަރަށް ގިނައިން ރިޕޯޓުކުރެވެއެވެ.

ހުސްވި ޖުލައި މަހު، ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާ އެއްގައި ދެ ފަސިންޖަރު ބަސް ތްރިޝްލީ ކޯރަށް ފުރޮޅާލައި ގިނަ އަދަދެއްގެ މީހުން ގެއްލިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް