Advertisement
ކ. މާލެ
|
22 އޯގަސްޓް 2024 | ބުރާސްފަތި 09:01
ތިލަފުށީ މެރިން ސެންޓަރުގައި ރޯވުން
ތިލަފުށީ މެރިން ސެންޓަރުގައި ރޯވުން
ރާއްޖެއެމްވީ
ތިލަފުށީ މެރިން ސެންޓަރު - އަލިފާނުގެ ޙާދިސާ
ތިލަފުށީ މެރިން ޑޯ ވޯކްޝޮޕްގައި ރޯވެ އަނދަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާންގަނޑު ދަނީ ހުއްޓުމެއް ނެތި ފެތުރެމުން
މިވަގުތު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުތަކުންވެސް ދަނީ ޙަރަކާތްތެރިވަމުން
ހާދިސާ ހިނގާފައިވަނީ ތިލަފުށީ މެރިންޑޯ މެރިން ވޯކްޝޮޕްގައި
ޚަބަރުގެ އޯޑިއޯ

ކ ތިލަފުށީ މެރިން ޑޯ މެރިންވޯކްސް ސެންޓަރުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

Advertisement

އެކަން އެމްއެންޑީއެފުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާންގަނޑު ދަނީ ހުއްޓުމެއް ނެތި ފެތުރެމުންނެވެ.

ތިލަފުށީ މެރިން ސެންޓަރުގައި ރޯވުން - ރާއްޖެއެމްވީ

މިވަގުތު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުތަކުންވެސް ދަނީ ޙަރަކާތްތެރިވަމުންނެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ގުޅާލުމުން އެމްއެންޑީއެފުން ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ތިލަފުށީ މެރިންޑޯ މެރިން ވޯކްޝޮޕްގައި ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ވަނީ އަލިފާންގަނޑު އެ ސައިޓުގެ ސްޓާފް އެކޮމޮޑޭޝަނާއި ހިސާބަށް ގޮސްފައިވާ ކަމަށާއި، އެތަނުގައި ހުރި މީހާ ކުޑަދޮރުން ބޭރަށް ފުންމާލާފައިވާކަމަށް ބުނެފައެވެ. ނަމަވެސް އެ މައުލޫމާތުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ތިލަފުށީގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ނަމަވެސް ދިވެއްސަކަށް ދުމުގެ އަސަރުކޮށްގެންނާއި، ކޮންމެވެސް ވަރަކަށް ފިހިގެން އޭނާ ލޯންޗެއްގައި އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މެރިންޑޯ ވޯކްޝޮޕްގެ ފަރާތުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އެ ވޯކްޝޮޕަކީ ލޭންޑިންގ ކްރާފްޓާއި ބާޖު ފަދަ ތަކެތި ބަނުމަށް ބޭނުންކުރަމުންދާ ތަނެކެވެ. ޙާދިސާ ހިނގުމާއެކު އެތަނުގެ މުވައްޒަފުންގެ "ހެޑްކައުންޓެއް" ހަދާފައިވާ ކަމަށާއި، އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެ ވޯކްޝޮޕްގެ ފަރާތުން ރާއްޖެއެމްވީއަށް މައުލޫމާތު ދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް