Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2025 | ހޮނިހިރު 13:19
ކ. ތިލަފުށީ ފަޅުތެރެ
ކ. ތިލަފުށީ ފަޅުތެރެ
ސޯޝަލް މީޑިއާ
ތިލަފުށި
ތިލަފުށިން ލޯންޗް ވަގަށްނެގި 2 ޒުވާނަކު 5 ދުވަހަށް ބަންދު
ށ. ފޯކައިދޫއަށް ނިސްބަތްވާ ހަސަން ރަޝީދު އަހްމަދު އާއި އިބްރާހީމް މަމްދޫހު އަކީ ތިލަފުށީ ފަޅުން ލޯންޗެއް ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ދެ މީހުން
ލޯންޗު ވަގަށް ނެގުމުގެ އިތުރުން އެ ލޯންޗަށް ގެއްލުންދީ އިންޖީނުގެ ގިއަރެއް ވަގަށް ނެގިކަމަށް ދެމީހުންވެސް އިއުތިރާފުވެފައިވޭ

ކ. ތިލަފުށީ ފަޅުގައި އަޅާފައި އޮތް ލޯންޗެއް ވަގަށްނެގުމުގެ މައްސަލައިގައި ށ. ފޯކައިދޫއަށް ނިސްބަތްވާ ދެ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ހޮނިހިރު ދުވަހު މި ދެމީހުންގެ ބަންދުގެ މުއްދަތު ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންގެ ބަންދަށް ވެސް ވަނީ ފަސް ދުވަސް ޖަހާފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ށ. ފޯކައިދޫ، ޗަނބޭލީގޭ، ހަސަން ރަޝީދު އަހްމަދު (30 އަހަރު) އާއި ށ. ފޯކައިދޫ، ޝިއުމާމަންޒިލް، އިބްރާހީމް މަމްދޫހު (27 އަހަރު) އެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި މި ދެ މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ތިލަފުށީ ފަޅުގައި އޮތް ސްޕީޑް ލޯންޗެއް ވަގަށް ނެގުމަށްފަހު، އެ ލޯންޗަށް ގެއްލުންދީ، ލޯންޗުގެ އިންޖީނުގެ ގިއަރެއް ވަގަށް ނެގިކަމަށެވެ. މި ތުހުމަތުތަކަށް ދެ މީހުންވެސް ވަނީ އިއުތިރާފުވެފައި ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކުރެވުނު މި ދެ މީހުންނަކީ މީގެ ކުރިން އެއްވެސް ބަންދު ރިކޯޑެއް ނެތް ބައެއް ކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި މައްސަލައިގެ ތަހުގީގު މަރުހަލާގައި އިއުތިރާފު އެއްބަސްވުން ނުވަތަ ނަސޭހަތުގެ އެއްބަސްވުން ހެދުމުގެ ފުރުސަތު އެ މީހުންނަށް އޮތްކަން ކޯޓުން ވަނީ އަންގާފައެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު، ދެ މީހުން ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ކޯޓުން ނިންމީ މައްސަލައިގެ ހެކިތަކަށް ބުރަވެ، ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ބެލެވޭތީއެވެ.

- ކޮމެންޓް