ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 08:35
މޫނު ބުރުގާ އަޅައިގެން ތިބި ތިން އަންހެނަކު މަގުމަތީގައި
މޫނު ބުރުގާ އަޅައިގެން ތިބި ތިން އަންހެނަކު މަގުމަތީގައި
ޓްވިޓަރ
މޫނު ބުރުގާ އެޅުން
މޫނު ބުރުގާ އަޅާތީ އަނެއްކާ ވެސް ޓީޗަރަކު ވަޒީފާއިން ވަކިކޮށްފި
މޫނު ބުރުގާ އަޅައިގެން ކިޔަވައިނުދޭން އެންގި
ތުނބުޅި ބަހައްޓާތީ އިމިގްރޭޝަނުން މުވައްޒަފުން ވަކިކުރި
ސިވިލް ސަރވިސް ގަވާއިދު ބާތިލް ވާނެ ކަމަށް ދީނީ އިލްމުވެރިން ބުނޭ

މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭތީ އއ. މަތިވެރި ސްކޫލްގެ ޓީޗަރަކު ވަޒީފާއިން ވަކިކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވަޒީފާއިން ވަކިކޮށްފައި ވަނީ އެރަށު ދޫރެސް, އާއިޝަތު ސުޒީ އެވެ. ޕްރައިމަރީ ޓީޗަރެއްގެ މަގާމުގައި މަތިވެރި ސްކޫލްގައި ސުޒީ މަސައްކަތް ކުރާތާ ހަތް އަހަރުވެއްޖެ އެވެ.

ސުޒީ ވަޒީފާއިން ވަކިކޮށް ސިވިލް ސަރވިސް ކޮމިޝަނުން ފޮނުވި ޗިޓުގައި ބުނެފައިވާ ގޮތުގައި ވަޒީފާއިން ވަކިކޮށްފައި ވަނީ ސިވިލް ސަރވިސްގެ ގަވާއިދާ ޚިލާފުވުމުންނެވެ.

މިއަހަރުގެ ޖެނުއަރީގައި މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނައުމަށް އެޑިއުކޭޝަން މިނިސްޓްރީން އޭނާއަށް އެންގި އެވެ.

"ވީމާ، ތިޔަ ސްކޫލުގެ ޕްރައިމަރީ ޓީޗަރު އާއިޝަތު ސުޒީ މޫނު ނިވާކޮށްގެން ސްކޫލަށް ހާޒިރުވާނަމަ، ކާކުކަން އެނގޭފަދަ ގޮތަކަށް ސުކޫލަށް ހާޒިރުވުމަށް އޭނާއަށް އެންގެވުން އެދެމެވެ," އެޑިއުކޭޝަން މިިނިސްޓްރީއިން މަތިވެރި ސްކޫލަށް ފޮނުވި މެސެޖުގައި ބުނެފައި ވެއެވެ.

ސުޒީއަށް މޫނު ބުރުގާ އަޅައިގެން ކިޔަވައިނުދެވޭނެ ކަމަށް ސްކޫލުން އެންގުމުން ބެލެނެވެރިންތައް ކައުންސިލް ކައިރިއަށް އެއްވެ ނުރުހުން ފާޅުކޮށް، ކުދިން ސްކޫލަށް ނުފޮނުވާ ވެސް ތިއްބެވެ.

މޫނު ބުރުގާ އަޅައިގެން ސުޒީ މިދިޔަ އަހަރު ވެސް ކިޔަވައިދިނެވެ. އެކަމަކު އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އައީ މޫނު ނިވާކޮށްގެން ޓީޗަރަކު ކިޔަވައިދޭތީ ބެލެނިވެރިއަކު މިނިސްޓްރީ އަށް ޝަކުވާ ހުށަހެޅުމުންނެވެ.

މަތިވެރީ ކައުންސިލުން ބުނީ މޫނު ނިވާކޮށްގެން ހުއްޓަސް، 400 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގެ އެންމެންނަށް ވެސް ސުޒީ ފެނުމުން އެނގޭނެ ކަމަށާއި އަދި އޭނާ އަށް ސްކޫލަށް ވަދެވޭނީ ވެސް ފިންގަޕްރިންޓް ޖަހައިގެން ކަމުން އެއީ ކާކުކަން އެނގޭނެ ކަމަށެވެ.

މޫނު ބުރުގާ އަޅަިއގެން ކިޔަވައިނުދިނުމަށް ސުޒީއަށް އެންގީ ދިވެހި ސިވިލް ސާވިސްގެ ގަވާއިދުގައި "ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް" ބަޔާންކުރާ ޗެޕްޓަރ 14 ގެ 145 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެވެ. އެ މާއްދާގައި ބުނެފައިވަނީ ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަމަލާތް ކުރާ ފަރާތަކަށް އެމީހަކު ފާހަގަކޮށް އެނގެންޖެހޭތީ، ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން އެނގޭ ފަދަ ގޮތެއްގައި ކަމަށެވެ.

ސިވިލް ސާވިސް މުވައްޒަފުން މޫނު ބުރުގާ އަޅައިގެން މަސައްކަތަށް ނިކުތުން މަނާ ކުރާ ޤަވާއިދަކީ، ބާތިލް އެއްޗެއް ކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެގޮތުން ޑރ. އިޔާޒް އަބްދުލްލަތީފް ވިދާޅުވެފައިވަނީ އައުރަ ނިވާނުވާ ވަރުގެ ހެދުން ލައިގެން އޮފީސްތަކަށް ދާއިރު އެއްވެސް މައްސަލައަކަށް ނުވެފައި، ނިވާ ކޮށްގެން ދާ ޓީޗަރަށް ހުރަސް އެޅުމަކީ ބޮޑު މައްސަލަ އެއް ކަމަށާއި އެއީ މި ސަރުކާރުގެ ލާދީނީ ކަމުން ވާ ގޮތް ކަމަށެވެ. ޑރ. އިޔާޒް ވިދާޅުވެފައިވާ ގޮތުގައި އިސްލާމްދީނާ ޚިލާފު އެއްވެސް ގާނޫނެއް ގަވާއިދެއް ނުހެދޭނެ ކަމަށް ގާނޫނު އަސާސީގައ ބުނާއިރު، ސިވިލް ސަރވިސް ގަވާއިދު ބާތިލްވާނެ ކަމަށެވެ.

މީގެ ކުރިން، މިއަހަރުގެ ޖެނުއަރީގައި އއ. ރަސްދޫ ސްކޫލްގެ ޓީޗަރަކު ވެސް މޫނުބުރުގާ ނުނެގުމުން ވަޒީފާއިން ވަކިކޮށްފައިވެއެވެ. އަދި ތުނބުޅި ދިގުކޮށް، ފައިކުރި ކުރުކޮށްފައި ބެހެއްޓި އިމިގްރޭޝަނުގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
14 އޯގަސްޓް 2017 | ހޯމަ 12:18
ޑރ. ޢާއިޝަތު
ވަރައް ރަނަގޅު ނިންމުމެއް... ކާކުކަން ނޭނގޭ ގޮތައް މުޅިމީހާ ކަޅުކޮތަޅެއްގެ ތެރެއައް އެރިހުރެ ކިތަންމެ ފަދަ ނުބައި އަމަލުތަކެއް ހިންގުމުގެ ފުރުސަތުވެސް ލިބިދާނެ.... ސިވިލް ސާރވިސް އިން ތިޔަނިންމި ނިންމުން އަޅުގަނޑުމެން ބަލައިގަންނަން..
14 އޯގަސްޓް 2017 | ހޯމަ 08:55
ސޯބޭ
ބޮޑު ލާދީނީ އަމަލެއް، މިއަށް ކިޔާނެ އެހެން ނަމެއްނެތް! ކިތައްމެވަރަކަށް ދީނޭކިޔާގެން އުޅުނަސް މިިކަންވާނީ ހަމަޔަޤީނުންވެސް ލާދީނީ ޢަމަލަކަށް
14 އޯގަސްޓް 2017 | ހޯމަ 08:45
ދެކުނުތަރި
ސިވިލް ސާރވިސް ކަމިޝަންވެސް ސިޔާސީވެފަ. އިސްލާމްދީނާއި ޚިލާފްވިއަސް ވެރިނަށްތިބޭ މީހުން ޖިންސީއުފާތައް ހޯދުމަށް މަގުފަހިކުރުވަން އައުރަނިވާނުކުރިޔަސް އޯކޭ. ސިވިލްސާރވިސް މުވަޒަފުންގެ ވެސް ވަކިބަޔަކު ސިޔާސީ އެއްވުންތަކުގަ ބައިވެރިވެއްޖެނަމަ ފިޔަވަުޅުއަޅާ ވަޒީފާއިންވަކިކުރޭ. ޕޕމ ގެ ކަމެއްގަވިއްޔާ ވަޒީފާއަށް ނުގޮސް މުޒާހަރާކުރަން އޮތަސް މައްސަލައަކަށް ނުވޭ.. ޑަބަލް ސްޓޭންޑަޑް ގެންގުޅުނަސް މީ ބޮޑުވަރު