ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 04:04
 ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު
ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު
ރާއްޖެ އެމްވީ
ތަރައްޤީއާއި އެކު ޕީޕީއެމް
ކުންފުނިތަކުގެ މުވައްޒަފުން ނުނިކުންނަންޏާ، ދެން ނެރެންޖެހޭނީ ބިދޭސީން: ޒަމީރު
ކުންފުނިތަކުގެ މުވައްޒަފުން ތާއީދު ކުރަނީ ރައީސް ޔާމީނަން: ޒަމީރު
ސިޔާސީ ކަންކަމުގައި ނުކުންނަން ތިބީ މުވައްޒަފުން: ޒަމީރު
މި ސަރުކާރުން 90000 ވަޒީފާ ގާއިމްކޮށްފި

ޕީޕީއެމްގެ ހަރަކާތަތަކަށް ކުންފުނިތަކުގެ މުއައްޒަފުން ނުނިކުންނަ ނަމަ، ދެން ނެރެންޖެހޭނީ ބިދޭސީން ކަމަށް އެޕާޓީގެ މުސްތަޝާރު ފެކްޝަންގެ ޑެޕިއުޓީ ލީޑަރ އަދި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ޕީޕީއެމްގެ "ރާސްޓަސް"  ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސާ ޒަމީރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 90،000 ވަޒީފާ އުފައްދާފައިވާ ކަމަށެވެ. މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައީސް ޔާމީނަން ތާއިދުކޮށް އެ ނުކުންނަ މީހުންނަކީ އެއްވެސް މަޖުބޫރު ކަމެއް ނެތި ނުކުންނަ ބައެއް ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި އެ މީހުންނަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަޒީފާ ހޯދާއިދިނުމުން، މިހާރު އެމަނިކުފާނަން ތާއިދުކޮށް 2018 ގައި ރައީސް ޔާމީނަށް އިންތިޚަބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރާ މީހުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކުރީގެ ޔޫތު މިނިސްޓަރ މި އިންނެވީ، އިއުލާން ކުރެއްވި އިރު އަޅުގަނޑު ހުރިން ، އަދި އޭގެ އިތުރުން ރާއްޖެއިން ބޭރުން އިންވެސްޓަރުން އައިސްގެން ކުރާ މަސައްކަތުން ވެސް މިއުފެދެނީ ވަޒީފާ، ކޮންމެ ބަޔަކު ސިޔާސީ ހަރަކާތެއް ބޭއްވިއަސް ނުކުންނާނީ ވަޒިފާތަށް ލިބިފައި ތިބި މީހުން، އެހެންވީހަމަ ކިހިނެއްތޯ، ދެންޖެހޭނީ  ދެންޖެހެނީ މިތާ ބަގްލަދޭޝްއިން އައިސްތިބި މީހުން ނޫނީ އިންޑިއާއިން އައިސްތިބި މީހުން ގެންނަން ، އެމީހުނަކަށް ވޯޓެއް ނުލެވޭނެ ، އެހެންވީމަ އަޅުގަނޑުމެންގެ މީހުނެއްނު ގެންނަން ޖެހޭނީ" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ސަރުކާރުން އެތަކެއް މީހުންނަން ވަޒީފާ ހޯދާއިދިނުމުން، ދެން ސިޔާސީ ހަރަކާތަށް ނުކުންނާނީ ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ މީހުން ކަމަށެވެ.

މީގެ އިތުރުން ޒަމީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު އެޕާޓީއާއި ގުޅުމުން، ކުރިއަށް އޮތްތަނުގައި އެޕާޓީގެ ހަރަކާތްތަށް ވަރުގަދަކޮށް ސީދާ މަސައްކަތް ކުރާނީ ރައީސް ޔާމީނަށް 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރާނީ "އެއް ލަކިން" ކަމަށް ޒަމީރު ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފިތަކުގެ މުވައްޒަފުނަށް ވަޒީފާގެ ބިރުދައްކައިގެން، ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރު ކުރާ ކަމަށް ބައެއް މުވައްޒަފުން ވަނީ ބުނެފައެވެ. އަދި ޕީޕީއެމްގެ ހަރަކާތަކުގައި ބައިވެރިނުވާ މީހުން ސަރުކާރުގެ ވަޒީފާތަކުން ވަކިކޮށްފައިވާތީ އެ މީހުން ވަނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއަށް މައްސަލަވެސް ހުށައަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
19 ސެޕްޓެންބަރ 2017 | އަންގާރަ 07:04
ގާދިރު
މޮޔަވެ ކޮސްގޮވިޔަސްދެންބޮޑުވަރުދޯއެ އީތަކިޔަންއެނގުނުވަރަކީއެއްލަކިން އިއުޅެނީ ޔާމީނާއެކު އެހެންކަމެއްކުރަން ސައީދުގެ މޯޅިނުވާ ފިނިފެންމަލާއެކީގަ ގޯހެއްނުހަދައްޗޭސައީދު ކޯފާވެދާނެ
14 އޯގަސްޓް 2017 | ހޯމަ 10:58
އިބޫ
އެޕްރިލް ގަިއ ބުނީ 65ހާސް ކަމަށް މިއަދު 90ހާސް ކަމަށް މާނައަކީ ފައިބެ 3 މަހު އެކަނި 25ހާސް ވަޒިފަ މަހަކު 8300 ވަޒީފާ... ދެން ހަމަ ގަބުލު ކޮށްގެން އަތް ޖަހަންވީ؟؟
14 އޯގަސްޓް 2017 | ހޯމަ 08:52
ދެކުނުތަރި
މިލިޔަނެއް ނޫންތަ .. 90 ހާސް ވަޒީފާއޭ.!!!!! ކޮންތާކުން ހެދި ހިސާބެއްކަމެއްވެސް ނޭނގޭ. ކޮސްނުގޮވާ، 2018 ކާމިޔާބުވާނީ ލަކިޖަހައިގެނެއްނޫން. ރައްޔިތުންގެ ލޯބިން. ރައްޔިތުންގެ ލޯބި ނުލިބި ކާމިޔާބުވާގޮތް ވަރަށްރީޗަށް ފެނިއްޖެ.