މިހާރު ކުރިއަށްދ ފ.އަތޮޅޮ ވޮލީ މުބާރާތުގައި ބިލެތްދޫއާ ދެކޮޅަށް ކުޅުނު މެޗު ނިލަންދޫ އިން ކާމިޔާބު ކޮށްފި އެވެ.
ހޯމަ ދުވަހުގެ ހަވީރު ފ.މަގޫދޫ އައުޓް ޑޯ ވޮލީ ކޯޓުގައި މި ދެ ޓީމު ބައްދަލު ކުރިއިރު، އެއީ މުބާރާތުގައި ނިލަންދޫގެ ފުރަތަމަ މެޗެވެ. އަދި ބިލެތްދޫގެ ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި ބިލެތްދޫ ވަނީ ފީއައްޔާ ވާދަކޮށް ބަލިވެފަ އެވެ. ބިލެތްދޫގެ މައްޗަށް ނިލަންދޫ އިން ކުރި ހޯދީ ތިން ސެޓު ދެ ސެޓުންނެވެ.
މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބު ކުރީ ނިލަންދޫ އިންނެވެ. ފުރަތަމަ ސެޓާއި ދެ ވަނަ ސެޓު ވެސް ނިލަންދޫ އިން ކާމިޔާބު ކުރީ 25-21 އިންނެވެ. ނަމަވެސް ބިލެތްދޫ އިން ވަނީ ޖެހިގެން ކުޅުނު ދެ ސެޓު ވެސް ކާމިޔާބުކޮށް، މެޗުގެ އުންމީދު ހޯދައިފަ އެވެ. ބިލެތްދޫ އިން ތިން ވަނަ ސެޓު 21-25 އިން ކާމިޔާބު ކުރިއިރު، ހަތަރު ވަނަ ސެޓު ކާމިޔާބު ކުރީ 18-25 އިންނެވެ. ފަހު ސެޓުގައި ނިލަންދޫ އިން ވަނީ 15-12 އިން ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ.
މުބާރާތުގައި ހޯމަ ދުވަހުގެ ރޭ ކުޅެން އޮތީ އަންހެން ޑިވިޝަންގައި ބިލެތްދޫ އާއި ނިލަންދޫ ބައްދަލު ކުރާ މެޗެވެ. ނަމަވެސް ބިލެތްދޫ ޓީމުން ވަނީ އެ މެޗު ނުކުޅެން ނިންމައިފަ އެވެ. އެއީ މުބާރާތުގެ ރެފްރީންއާ މެދު އެ ޓީމުގެ ކަންބޮޑުވުންތަކެއް ހުރުމުންނެވެ.
މުބާރާތުގައި އަންގާރަ ދުވަހުގެ ހަވީރު އަދި ރޭގަނޑު ވެސް މެޗުތައް ކުޅޭނެ އެވެ.