ކ. މާލެ
|
12 އޯގަސްޓް 2024 | ހޯމަ 10:00
އޯހިއޯ-ކްލާސް ބެލިސްޓިކް މިސައިލް ސަބްމެރިން އެއް
އޯހިއޯ-ކްލާސް ބެލިސްޓިކް މިސައިލް ސަބްމެރިން އެއް
ރޮއިޓާސް
ގައިޑެޑް ސަބްމެރިން އިޒްރޭލަށް
އެމެރިކާއިން މެދުއިރުމައްޗަށް ގައިޑެޑް މިސައިލް ސަބްމެރީން ފޮނުވަން ނިންމައިފި: ޕެންޓަގަން
އިސްރާއީލް ދިފާއު ކުރަން ކުރެވެނުން ހުރި ހުރިހާ ކަމެއް އެމެރިކާއިން ކުރާނެ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ޚަބަރުގެ އޯޑިއޯ

މެދުއިރުމައްޗަށް އެމެރިކާގެ ގައިޑެޑް މިސައިލް ސަބްމެރީން ފޮނުވުމަށް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އަންގަވައިފިއެވެ.

މިކަން ޕެންޓަގަނުން އާދީއްތަ ދުވަހު ވަނީ ހާމަ ކޮށްފައެވެ.

މިއީ ހަމާސް އާއި ހިޒްބުﷲ ގެ އިސް ދެ މެމްބަރުން އަވަހާރަކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އީރާނާއި އެ ޤައުމުގެ ބައިވެރިން އިޒްރޭލަށް ދީފާނެ ހަމަލާ އަކަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާ އިން ނިންމި ނިންމުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނިއުކްލިއަރ ހަކަތަ އިން އޮޕަރޭޓް ކުރާ ޔޫއެސްއެސް ޖޯޖިއާ ގެ ނަންދީފައިވާ އެމެރިކާގެ ސަބްމެރީން ޖުލައި މަހުގައި މެޑިޓެރޭނިއަން ކަނޑުގައި އޮތްކަން އެމެރިކާގެ ސިފައިންގެ ސޯޝަލް މީޑިއާ ޕޯސްޓަކުން ވަނީ ހާމަވެފައެވެ. އެހެން ނަމަވެސް ސަބްމެރީނެއް ގެ ހަރަކާތްތައް މިހާ ހާމަކަން ބޮޑު ގޮތެއްގައި އިއުލާނުކުރުމަކީ މަދުން ނޫނީ ނުކުރާ ކަމެއްކަން ރިޕޯޓްތަކުގައި ވަނީ ފާހަގަ ކޮށްފައެވެ.

އޮސްޓިން އިޒްރޭލުގެ ދިފާއީ ވަޒީރާ ކުރެއްވި މަޝްވަރާ ތަކަށް ފަހު ޕެންޓަގަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫއެސްއެސް އަބްރަހަމް ލިންކަން މެދުއިރުމައްޗަށް ފޮނުވުން އަވަސް ކުރުމަށް ޕެންޓަގަން އަށް އެމެރިކާގެ ދިފާއީ ވަޒީރު އަންގަވާފައިވާކަމަށެވެ.

ދިފާއީ ވަޒީރު އޮސްޓިން ވަނީ އިޒްރޭލު ދިފާއު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އެމެރިކާ އިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައި ކަމަށް ޕެންޓަގަންގެ ބަޔާނުގައި ވެއެވެ.

އިޒްރޭލުގެ ދިފާއީ ގާބިލްކަން އިތުރުކުރުމަށް މެދުއިރުމައްޗަށް އިތުރު ފައިޓަރ ޖެޓްތަކާއި ކަނޑުގެ އަސްކަރީ އުޅަނދުތައް ފޮނުވާނެ ކަމަށް ވެސް އެމެރިކާގެ އަސްކަރިއްޔާ އިން ކުރިން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް