ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 17:40
ރައީސް އޮފީސް
ރައީސް އޮފީސް
އަޒުމޫން އަހުމަދު
ރައީސް އޮފީސް
ދޯންޏާއި އަސާ ބަންދުކުރާ ފޮށި ހަދައިދޭނެ ފަރާތެއް ރައީސް އޮފީހުން ހޯދަނީ
މީގެ ކުރިން ވެސް އިއުލާނު ކުރި
އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައެއް ނާޅާ
އަސައާއި، ދޯންޏާއި، ކުނަލުގެ އިތުރުން ލިޔެލާޖެހި ތަކެތި

ހަދިޔާ ބަންދުކުރާ ފޮށި ހަދައިދޭނެ ފަރާތެއް ބޭނުންވެގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއުލާނު ކޮށްފި އެވެ.

 

ރައީސް އޮފީހުން އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ވަނީ، ލިޔެލާޖެހި އެއްޗެހި ބަންދުކުރާ ފޮއްޓާއި، ކުނާ ބަންދުކުރާ ފޮއްޓާއި، އަސާ ބަންދުކުރާ ފޮށީގެ އިތުރުން ދޯނި ބަންދުކުރާ ފޮށި ހަދައިދާނެ ފަރާތެއް ބޭނުންވެއްޖެ ކަމަށެވެ.

 

ރައީސް އޮފީހުން ބޭނުން ވަނީ ދެ އަހަރު ދުވަހަށް ފޮށި ހަދައިދޭނެ ފަރާތެކެވެ.

 

މީގެ ކުރިން ވެސް ރައީސް އޮފީހުން ވަނީ ހަދިޔާ ބަންދުކުރާ ފޮށި ހަދައިދޭނެ ފަރާތެއް ބޭނުންވެގެން އިއުލާނުކޮށްފަ އެވެ. ނަމަވެސް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވެ އެވެ.

 

މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން، ބުރާސްފަތި ދުވަހުގެ 11:00 އަށް ރައީސް އޮފީހަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު، މިމަހުގެ 22 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހަޅަން ޖެހެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
14 އޯގަސްޓް 2017 | ހޯމަ 05:57
މުނާ
aharemen mee foshi hadhaa kunfunyeh. ekamu thi raees offihun iulaanu kuraany ves vaki meehakah haassa koggen. ehen veema kommehen aharemenge vaguthu beykaaru nukuraan thiya thanah nudhany ves. mee fennan huri hageegai.