ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 16:18
މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް --
މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް --
މުހައްމަދު ޝަރުހާން
މެމްބަރު ވަހީދު
މެމްބަރު ވައްޑެގެ ބަންދަށް ހަތަރު ދުވަސް، މިމުއްދަތުގައި ޕީޖީން ދައުވާ ކުރުމާމެދު ގޮތެއް ނިންމަންޖެހޭ!
ވަހީދު ހައްޔަރުކުރީ ޖުލައި މަހުގެ 24 ވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ)ގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް ހަތަރު ދުވަސް އިތުރު ކޮށްފި އެވެ. 

ވަހީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް އާދިއްތަ ދުވަހުގެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަހީދުގެ ބަންދުގެ މުއްދަތު ހަތަރު ދުވަސް އިތުރު ކުރުމަށް ފަހު، ގާޒީ ވަނީ ވަހީދުގެ މި ބަންދުގެ މުއްދަތުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނަރަލްގެ  އޮފީހުން ވަހީދުގެ މައްޗަށް ދައުވާ ކުރުމާމެދު ވަކި ގޮތެއް ނިންމުމަށް ވެސް އެދިވަޑައިގަންނަވާފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫން ކަމަށް ކަނޑައަޅާފައި ވަނިކޮށް، މަޖިލީހަށް ވަދެވަޑައިގެންނެވި ކަމަށް ބުނެ ވަހީދު ހައްޔަރު ކުރީ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ.

ވަހީދު ހައްޔަރުކޮށް ފުރަތަމަ ބަންދަށް ޖެހީ 15 ދުވަހެވެ. އެ 15 ދުވަސް ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 9 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 4 ދުވަސް  ޖަހާފައިވެއެވެ.

ވަހީދުގެ  ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގެ ޝަރީއަތުގެ އަޑު އެހުންތައް ސުޕްރީމް ކޯޓުން ވަނީ އާދިއްތަ ދުވަހު ނިންމާލައިފަ އެވެ. ދެން އޮންނާނީ އެމައްސަލައިގެ ހުކުމް ކުރާ ޝަރީއަތުގެ މަޖިލީހެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް