ކ. މާލެ
|
8 އޯގަސްޓް 2024 | ބުރާސްފަތި 08:53
ޚާން ޔޫނިސްގެ ޓެންޓްތަކަށް އިޒްރޭލުން ދިން ނުރައްކާތެރި ހަމަލާގައި ޒަޚަމްވި ކުއްޖަކު ހޮސްޕިޓަލަށް ގެންދަނީ
ޚާން ޔޫނިސްގެ ޓެންޓްތަކަށް އިޒްރޭލުން ދިން ނުރައްކާތެރި ހަމަލާގައި ޒަޚަމްވި ކުއްޖަކު ހޮސްޕިޓަލަށް ގެންދަނީ
އަލް- ޖަޒީރާ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ޚާން ޔޫނިސްގެ ޓެންޓްތަކަށް އިޒްރޭލުން ދިން ނުރައްކާތެރި ހަމަލާގައި ޓެންޓުތަކާ އެކު މީހުންތައްވެސް އަނދައިފި
ޓެންޓު ތަކުގެ އިތުރުން އިޒްރޭލުން ވަނީ އެ ސަރަހައްދުގައި މީހުން ދިރިއުޅޭ އިމާރާތަކަށް ވެސް ބުދަ ދުވަހު ހަމަލާ ދީފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޚަބަރުގެ އޯޑިއޯ

ދެކުނު ގާޒާގެ ޚާން ޔޫނިސްގެ ރެފިއުޖީން ތިބި ޓެންޓުތަކަށް އިޒްރޭލު ސިފައިން ދިން ނުރައްކާތެރި ހަމަލާ އެއް ގައި ޓެންޓްތަކާ އެކު އެތަންތާނގައި ތިބި ފަލަސްތީން މީހުންތައްވެސް އަނދައިފި ކަމަށް އަލްޖަޒީރާ އިން ބުނެފިއެވެ.

ޓެންޓު ތަކުގެ އިތުރުން އިޒްރޭލުން ވަނީ އެ ސަރަހައްދުގައި މީހުން ދިރިއުޅޭ އިމާރާތަކަށް ވެސް ބުދަ ދުވަހު ހަމަލާ ދީފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަނެއްކޮޅުން އުތުރު ގާޒާގެ ބައިތު ހަނޫން އާއި ބައިތު ލަހިޔާގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުން ވަގުތުން އެ ސަރަހައްދު ދޫކޮށް ނުކުމެގެން ދިއުމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ވަނީ އަމުރު ނެރެފައެވެ. އަލްޖަޒީރާ އިން ބުނެފައިވަނީ މި އަމުރަކީ އެ ސަރަހައްދުގައި ބޮޑު އަސްކަރީ އޮޕަރޭޝަނެއް ހިންގަން އިޒްރޭލުން އެންގި އެންގުމެކެވެ.

އިޒްރޭލުގެ އަނިޔާވެރި ހަމަލާތައް ހުއްޓުމެއް ނެތި ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާއިރު އިޒްރޭލުން ހައްޔަރުކޮށްގެން އުޅޭ ފަލަސްތީނު މީހުންނަށް ދޭ އަނިޔާތަކުގެ މައްސަލަވެސް ވަނީ ވަރަށް ބޮޑަށް ފެންމަތިވެފައެވެ.

މި މައްސަލަ ބޮޑުވެ، ފަލަސްތީނުގެ ޕްރިޒްނާސް ސޮސައިޓީން ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް އދ އަށް ގޮވާލާފައެވެ. ދާދި ފަހުން ވަނީ އިޒްރޭލުގެ ޖަލުގައި ފަލަސްތީން މީހަކަށް އިޒްރޭލު ސިފައިން ޖިންސީ ގޯނާ ކުރާ ވީޑިއޯ އެއް އާންމުވެފައެވެ.

ފަލަސްތީނުގެ ޖަލުތަކުން މިނިވަންވާ މީހުން ދޭ މައުލޫމާތައް ބަލާއިރު އެމީހުންނަށް ޖަލުތަކުގައި ދޭ އަނިޔާތަކުގެ ތެރޭގައި ރޭޕް ކުރުމާއި، ޖިސްމާނީ އަނިޔާ ކުރުމާއި، ބަނޑުހައިހޫނުކަން މަތީ ކާންބޯން ނުދީ ބޭތިއްބުމާއި، ގަދަ އަޑުފައްގަނޑު އިއްވުން ޖިސްމާނީ އަދި ނަފްސާނީ އެތައް އަނިޔާ އެއް ސިސްޓަމެޓިކް ކޮށް ޖަލުތަކުގައި އަންނަނީ ދެމުންނެވެ.

ހަނގުރާމަ ދިގުލައި ގޮސް އާންމު ސާފުތާހިރު ކަން ގެއްލިފައިވުމާއެކު ގާޒާގައި ޕޯލިއޯ ފެތުރުމުގެ ބިރު ބޮޑުވެފައިވީނަމަވެސް ގާޒާގެ ރައްޔިތުންނަށް ޕޯލިއޯ ވެކްސިން ދިނުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް ކުރުމުގައި ހަމަލާތަކުގެ ސަބަބުން ހުރަސް އެޅިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވަނީ ބުނެފައެވެ.

ގާޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގައި އޮކްޓޯބަރު 7 ން ފެށިގެން ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 39،677ށް ވަނީ އަރާފައެވެ. ހަމަލާތަކުގައި ޒަޚަމްވި ފަލަސްތީނު މީހުންގެ އަދަދު 91،139 ށް އަރާފައިވާ ކަމަށް ގާޒާގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް