ކ. މާލެ
|
7 އޯގަސްޓް 2024 | ބުދަ 23:35
ޕާކިސްތާނުގެ ކްރިކެޓް ޓީމާއި ބޮޑު ވަޒީރު ޝާހުބާޒް ޝަރީފް (ކ)
ޕާކިސްތާނުގެ ކްރިކެޓް ޓީމާއި ބޮޑު ވަޒީރު ޝާހުބާޒް ޝަރީފް (ކ)
ގޫގުލް
ކްރިކެޓް
ޕާކިސްތާނުގެ ކްރިކެޓް ޓީމަށް ބަދަލު ގެނައުމަށް ބޮޑުވަޒީރު ގޮވާލައިފި
ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމު މުޅިން ބަދަލުކޮށްދިނުމަށް ބޮޑު ވަޒީރު ޝާހުބާޒް ޝަރީފް ގައުމީ ކްރިކެޓް ބޯޑުގެ ކިބައިން އެދިވަޑައިގެންނަވައިފި އެވެ.

ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމު މުޅިން ބަދަލު ކޮށްދިނުމަށް ބޮޑު ވަޒީރު ޝާހުބާޒް ޝަރީފް ގައުމީ ކްރިކެޓް ބޯޑުގެ ކިބައިން އެދިވަޑައިގެންނަވައިފި އެވެ.

ޕާކިސްތާނުގެ ގައްޒާފީ އިންޓަނޭޝަނަލް ސްޓޭޑިއަމްގެ އާބާތުރަ ފިލުވައި އަލުން ހުޅުވަން ލާހޯރުގައި ބޭއްވި ރަސްމިއްޔާތުގައި ބޮޑު ވަޒީރު ވިދާޅުވީ ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ޗެއާމަން މުހުސިން ނަގްވީ އަށް މިކަން ކުރުމުގެ ފުރިހަމަ ބާރު އޮންނާނެ ކަމަށެވެ. އަދި ޕާކިސްތާނުގައި ބާއްވާ ގައުމީ ކްރިކެޓް މުބާރާތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް ބޮޑުވަޒީރު ވަނީ އެދިވަޑައިގެންފަ އެވެ.

ކަލޭ ކުރަންވީ ކަމަކީ ކްރިކެޓް ޓީމު މުޅިން އިސްލާހުކުރުން. ޓީމަށް ނަގަންވީ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ކުޅުންތެރިން. ފެންވަރު ނެތިއްޖާ ނަގައިގެން ނުވާނެ. މިކަމުގައި ސިޔާސީ ނުފޫޒެއް ނޯންނާނެ. ކްރިކެޓް ބޯޑުން ކުރަންވީ ކަމަކީ ގައުމީ ޓީމު ބަދަލުކޮށް، ފެންވަރު ރަނގަޅު ކުރުން.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހުބާޒް ޝަރީފް

އޭނާ މި ފަދައިން ގޮވާލި މައިގަނޑު ސަބަބަކީ ޕާކިސްތާނަށް އެންމެ ފަހުގެ ވޯލްޑްކަޕާއި ޓުވެންޓީ20 ކްރިކެޓް ވޯލްޑްކަޕާއި އައިސީސީ ޗެމްޕިއަންޝިޕުގައި ކާމިޔާބު ނުހޯދުމުންނެވެ. މިހާތަނަށް ޕާކިސްތާނަށް ކްރިކެޓުން ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީ އަކީ ޖަލަށްލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ކެޕްޓަންކަމުގެ ދަށުން 1992 ވަނަ އަހަރު ކާމިޔާބުކުރި ވޯލްޑްކަޕެވެ. ނަމަވެސް މީގެ ފަހުން ކްރިކެޓް ފައިނަލަށް ވެސް ދިޔައީ 1999ގައި އެކަންޏެވެ. މިއީ ޕާކިސްތާނުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ޕާކިސްތާން މިހާރު ތައްޔާރުވަމުންދަނީ 2025 ވަނަ އަހަރު ޕާކިސްތާނުގައި ބާއްވަން ހަމަޖައްސާފައިވާ އައިސީސީ ޗެމްޕިއަންސް ޓްރޮފީ މުބާރާތަށެވެ. މި މުބާރާތަށް ތިން ސްޓޭޑިއަމެއް ތައްޔާރުކުރާއިރު ގައްޒާފީ ސްޓޭޑިއަމް އަލުން މަރާމާތުކޮށް ނިންމިއިރު އެދަނޑުގައި ލިބެން ހުންނަ ވަސީލަތްތަކަށް ވެސް ވަނީ ބޮޑެތި ކުރިއެރުންތަކެއް ގެނެސްފަ އެވެ. މީގެ އިތުރުން ލާވަލްޕިންޑީގެ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމާއި ކަރާޗީގެ ނެޝަނަލް ބޭންކް ކްރިކެޓް އެރީނާ ވެސް މަރާމާތުކުރާނެ އެވެ. ނަމަވެސް މި މުބާރާތުގައި އިންޑިޔާ ކުޅޭ މެޗުތައް ކުޅޭނީ އެހެން ގައުމެއްގަ އެވެ. އެއީ ޕާކިސްތާނަށް އަންނަން އިންޑިއާ ބޭނުންނުވާތީ އެވެ.

ޕާކިސްތާނުން ވަނީ ސްޓޭޑިއަމްތައް މަރާމާތު ކުރަން 12.8 ބިލިއަން ރުޕީސް ހަމަޖައްސައިފަ އެވެ.

- ކޮމެންޓް