ކ. މާލެ
|
28 އޯގަސްޓް 2023 | ހޯމަ 10:17
ޕާކިސްތާނުގެ ދެ ބެޓްސްމަނުން: މުބާރާތް ކުޅޭނީ އަމިއްލަ ގައުމުގައި
ޕާކިސްތާނުގެ ދެ ބެޓްސްމަނުން: މުބާރާތް ކުޅޭނީ އަމިއްލަ ގައުމުގައި
ގޫގުލް
އޭޝިއާ ކަޕް
އޭޝިޔާ ކަޕް: ޕާކިސްތާނަށް އިދިކޮޅު ޓީމުތައް ޓެސްޓްނުކުރެވުނު
މިދިޔަ ހަތަރު އަހަރު ކުޅުނީ އެންމެ 28 މެޗު

އަންނަ ބުރާސްފަތި ދުވަހު ފަށާ އޭޝިޔާ ކަޕަށް ޕާކިސްތާން ކުރިމަތިލަނީ އެންމެ ފުރިހަމައަށް ތައްޔާރުނުވެ ކަމަށް އެ ގައުމުގެ ކުރީގެ މީޑިޔާތަކުން ބުނަން ފަށައިފި އެވެ.

މި ވާހަކަ މި ގޮތަށް ދައްކާ މައިގަނޑު ސަބަބަކީ 2019ގެ ފަހުން މިހާތަނަށް ޕާކިސްތާން ކުޅެފައިވާ މެޗުތަކާއި ބައްދަލުކުރި ޓީމުތަކުގެ ފެންވަރު ދަށްވުމުންނެވެ. މި މުއްދަތުގައި ޕާކިސްތާން ކުޅެފައިވަނީ އެއްދުވަހުގެ އެންމެ 28 މެޗެވެ. މިހާ މަދުން މެޗުތަކެއް ކުޅެފައި ޕާކިސްތާނުން މުބާރާތަކަށް ގޮސްފައިވަނީ 1979 އާއި 1983ގެ ވޯލްޑްކަޕުގަ އެވެ،

ފާއިތުވެދިޔަ ހަތަރު އަހަރު ޕާކިސްތާން ކުޅުނު 28 މެޗުގެ ތެރެއިން ހަ މެޗެއް ކުޅުނީ އޮކްޓޫބަރު މަހު ފަށާ ވޯލްޑްކަޕަށް ކޮލިފައިނުވާ ޓީމުތަކާއެކުގަ އެވެ. މީ ހަ މެޗުގެ ތެރެއިން ތިން މެޗަކީ ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ.

ނަމަވެސް މުބާރާތަށް ތައްޔާރުވުމަށް ހުސްވި ހަފުތާގައި ޕާކިސްތާން ވަނީ ވޯލްޑްކަޕުގައި ކުޅޭ އަފްގާނިސްތާނާއެކު ތިން މެޗު ކުޅެފަ އެވެ. އޭގެ ކުރިން ނިއުޒީލޭންޑާއެކު ވެސް އަށް މެޗު ކުޅުނެވެ. ނިއުޒީލޭންޑަކީ އެންމެ ފަހުގެ ވޯލްޑްކަޕުގެ ފައިނަލް ކުޅުނު ޓީމެކެވެ.

ޕާކިސްތާން ކުޅުނު މެޗުތަކުގެ ތެރެއިން ގިނަ މެޗުތައް ފަސޭހަކަމާއެކު ކާމިޔާބުކުރި އެވެ. އެއީ 28 މެޗުގެ ތެރެއިން 19 މެޗެވެ. މިހެންވެ ޕާކިސްތާނަށް އެ މީހުންގެ ފެންވަރާއި އިދިކޮޅަށް ނުކުންނަ ވަރުގަދަ ޓީމުތަކުގެ ފެންވަރު ޓެސްޓް ނުކުރެވޭ ކަމަށް ތަޖުރިބާކާރުން ދެކޭ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.

އޭޝިޔާ ކަޕް މި ފަހަރު ކުޅޭނީ ލަންކާ އާއި ޕާކިސްތާނުގަ އެވެ.

- ކޮމެންޓް