ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 10:54
ޕާކިސްތާނުގެ ކޯޗު (ވ) އާއި ކެޕްޓަން ބާބަރު އަޒަމް
ޕާކިސްތާނުގެ ކޯޗު (ވ) އާއި ކެޕްޓަން ބާބަރު އަޒަމް
ގޫގުލް
ކްރިކެޓް
ބިދޭސީ ކޯޗުންގެ ބަދަލުގައި ޕާކިސްތާން ކްރިކެޓް ޓީމަށް އެ ގައުމުގެ ކޯޗުން
ހެޑްކޯޗު ގްރާންޓް ބްރެޑްބާން އާއި ބެޓިން ކޯޗު އެންޑްރޫ ޕުޓިކް ވެސް ވަކިކުރާނެ

ކްރިކެޓް ވޯލްޑްކަޕާއި އޭޝިޔާ ކަޕުގެ ނާކާމިޔާބީއަށް ފަހު ޕާކިސްތާނުގެ ޑިރެކްޓަރ މިކޭ އަރްތޫރު މަގާމުން ވަކިކުރަން ނިންމައިފި އެވެ.

ސައުތު އެފްރިކާގެ ކޯޗާއެކު ޕާކިސްތާނުގެ ހެޑްކޯޗު ގްރާންޓް ބްރެޑްބާން އާއި ބެޓިން ކޯޗު އެންޑްރޫ ޕުޓިކް ވެސް މަގާމުން ވަކިކުރާނެ އެވެ.

މި ކޯޗުންގެ ބަދަލުގައި ޕާކިސްތާނުން ވިސްނަނީ އެ ގައުމުގެ ކޯޗުން ގައުމީ ޓީމުގެ މަގާމުތަކަށް ގެނައުމަށެވެ. މި ބަދަލުތަކާއެކު ޓީމުގެ ކެޕްޓަން ބާބަރް އަޒަމް ވެސް ބަދަލުކުރާނެ އެވެ.

1992 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން ޕާކިސްތާން ވޯލްޑްކަޕުން ކެޓީ ސެމީ ފައިނަލަށް ނުގޮހެވެ. އަދި އޮސްޓްމަހު ބޭއްވި އޭޝިޔާ ކަޕުން ކެޓީ ފައިނަލަށް ނުދެވި އެވެ.

އެއް ދުވަހުގެ މެޗުތަކުގެ އައު ކެޕްޓަނަކަށް ހަމަޖެއްސުން ގާތީ ޝާން މަސްއޫދެވެ. އަދި ކުރިއަށް އޮތް ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި ކެޕްޓަންކަން ކުރަން ހަމަޖައްސާފާވައިނީ އިތުބާރު ބޯލަރު ޝާހީން ޝާހް އަފްރީދީ އެވެ.

ޕާކިސްތާނުގެ ކޯޗު މިކޭ އަރްތޫރު ބުނީ މިސްޓޭކް ހެދުމަކީ ބޮޑުވެގެންވާ ޖަރީމާއެއްނޫން ކަމަށާއި ބާބަރް ކެޕްޓަންކަމުގައި ހުރެފިނަމަ ޓީމަށް ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ބެލެވޭ ގޮތުގައި ކޯޗުގެ މަގާމު ވެސް ބޯޑުން ބަދަލުކުރާނެ އެވެ.

ޕާކިސްތާނުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ވަސީމް އަކްރަމް ބުނީ ބާބަރަށް މުބާރާތުގައި ރަނގަޅަށް ބެޓް ނުކުރެވުނީ ކެޕްޓަންކަމުގެ ޒިންމާ ނަގަންޖެހުމުން މާބޮޑަށް ޕްރެޝަރު ބޮޑުވެގެން ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

- ކޮމެންޓް