ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ޝާން މަސްއޫދާއި ޝާހީން ޝާހް އަފްރީދީ އަށް ދީފި އެވެ.
ޝާން މަސްއޫދު ކެޕްޓަންކަން ކުރާނީ ޓެސްޓް ކްރިކެޓް މެޗުތަކުގަ އެވެ. ޝާހީން ލީޑްކުރާނީ އެއް ދުވަހުގެ މެޗުތަކުގަ އެވެ.
ޕާކިސްތާނުގެ ކްރިކެޓް ބޯޑުން މި ގޮތަށް ނިންމީ މިހާރު ކުރިއަށްވާ ވޯލްޑްކަޕުގެ ސެމީ ފައިނަލަށް ނުގޮސް ކެޓުމާއި އޮގަސްޓް މަހު ބޭއްވި އޭޝިޔާ ކަޕުގެ ފައިނަލަށް ނުގޮސް ޓީމު ކަޓާފައިވާތީ އެވެ. މިހެންވެ ނިންމާފައިވަނީ ހުރިހާ ފޯމެޓެއްގެ ކެޕްޓަންކަމުން ވެސް ބާބަރް އަޒަމް ވަކިކުރާ ގޮތަށެވެ. އަދި އިއްޔެ ޕާކިސްތާންގެ ކްރިކެޓް ބޯޑުގެ އިސްވެރިންނާ ބައްދަލުކުރުމަށްފަހު އޭނާ ވަނީ އިސްތިއުފާދީފަ އެވެ. ނަމަވެސް ކެޕްޓަންކަމުގައި ހުރުމަށް ބާބަރް މަސައްކަތްކޮށްފައިވާކަމަށް ބޯޑުން ވަނީ ބުނެފަ އެވެ. އޭނާ އިސްތިއުފާދިނީ އިތުރަށް ކެޕްޓަންކަން ދިފާއުކުރަން މަސައްކަތް ކުރުމުން ކުރީގެ ކުޅުންތެރިން ފާޑުކިޔަން ފެށުމުންނެވެ.
ބާބަރް ބުނީ ކެޕްޓަންކަމުން ވަކިވުމަކީ އޭނާ އަށް އުނދަގޫވި ނިންމުމެއް ކަމަށެވެ.
ހުރިހާ ފޯމެއްޓެއްގައި ޕާކިސްތާނުގެ ކެޕްޓަންކަމުން އަހަރެން ވަކިވަން. މިއީ އުނދަގޫ ނިންމުމެއް. އެކަމަކު މިއީ މިކަން ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް ދެކެންބާބަރް
ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ވަނީ ޓީމު ޑިރެކްޓަރު ދެކުނު އެފްރިކާގެ މިކޭ އަރްތޫރުގެ ބަދަލުގައި އެ މަގާމަށް ކުރީގެ ބެޓްސްމަން މުހައްމަދު ހަފީޒް އައްޔަންކޮށްފަ އެވެ. އެހެން ކޯޗުން މަގާމުތަކުގައި ދެމިތިބޭނެ އެވެ.