ކ. މާލެ
|
6 އޯގަސްޓް 2024 | އަންގާރަ 20:56
2023 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު، ބޭއްވުނު އިޒްރޭލު އެއަރ ފޯސްގެ ޕައިލެޓުންގެ ގްރެޖުއޭޝަން ރަސްމިއްޔާތުގައި ބޭނުންކުރެވުނު އެފް-15 ފައިޓަރ ޖެޓެއް
2023 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު، ބޭއްވުނު އިޒްރޭލު އެއަރ ފޯސްގެ ޕައިލެޓުންގެ ގްރެޖުއޭޝަން ރަސްމިއްޔާތުގައި ބޭނުންކުރެވުނު އެފް-15 ފައިޓަރ ޖެޓެއް
ރޮއިޓާސް
އިޒްރޭލު - ލުބުނާން ހަނގުރާމަ
އިޒްރޭލުގެ ހަނގުރާމަ މަތީ ޖެޓްތައް ތިން ފަހަރު ބެއިރޫތު ގެ މަތިން އުދުހުމާއެކު ކުއްލި ހާސްކަމެއް
ބޯޓްތައް އުދުހިފައިވަނީ ހަމަ ލޮލަށް ރީތިކޮށް ފެނުމާއެކު އޭގެ ގަދަ އަޑުފަށްގަނޑުން މީހުންގެ ސަމާލުކަން ހުއްޓޭހާ ތިރިން ކަމަށް ޚަބަރުތައް ބުނެއެވެ.

އިޒްރޭލުގެ ހަނގުރާމަ މަތީ ޖެޓްތައް އަންގާރަ ދުވަހު ތިން ފަހަރެއްގެ މަތިން ލުބްނާންގެ ވެރިރަށް ބެއިރޫތު ގެ މަތިން އުދުހުމާއެކު ކުށްލި ހާސްކަމެއް އާންމުންނަށް ލިބިގެން ހިނގައްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ތިން ބޯޓު ފުލުފުލުގައި ބެއިރޫތުގެ މަތިން ހުރަސް ކުރީ ގާތްގަނޑަކަށް 30ށް މިނެޓްގެ ދެމެދުގައި ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައިވެއެވެ.

ބޯޓްތައް އުދުހިފައިވަނީ ހަމަ ލޮލަށް ރީތިކޮށް ފެނުމާއެކު އޭގެ ގަދަ އަޑުފަށްގަނޑުން މީހުންގެ ސަމާލުކަން ހުއްޓޭހާ ތިރިން ކަމަށް ޚަބަރުތައް ބުނެއެވެ.

ބެއިރޫތު ސިޓީގެ ތެރޭގައި ބޯޓުތަކުގެ އަޑުފަށްގަނޑު ހިފުމާއެކު ކެފޭ އެއްގައި ތިބި ބަޔަކު އަވަސް އަވަހަށް އެތަނުން ނުކުމެގެން ކޮޅުކޮޅު މައްޗަށް ދިޔަ މަންޒަރު ދުށް ކަމަށް ރޮއިޓާސްގެ ނޫސްވެރިއަކު ބުނެފައިވެއެވެ.

އިޒްރޭލުގެ ޖެޓުތައް ބެއިރޫތު މަތިން އަންގާރަ ދުވަހު އުދުހުނީ ހިޒްބުﷲ ގެ ވެރިޔާ ހަސަން ނަސްރުﷲ ކުރިން ޝެޑިއުލް ކުރެވިފައިވާ ގޮތަށް ޓީވީ މެދުވެރިކޮށް ބަޔާނެއް ދެއްވުމަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށްނެވެ.

ނަސްރުﷲ ގެ ބަޔާނަކީ ހިޒްބުﷲ ގެ އިސް ކޮމާންޑަރު ފުއާދު ޝުކްރު އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަ ކޮށްލިތާ ހަފްތާ އެއް ފުރުމާ ގުޅިގެން ދެއްވުމަށް ހަމަޖެހިފައިވާ ބަޔާނެކެވެ.

ހިޒްބުﷲ އިން ބުނެފައިވަނީ ފުއާދު ޝުކްރު އަވަހާރަ ކޮށްލުމުން، ގަދަފަދަ އަދަބު އިޒްރޭލަށް ދޭނެ ކަމުގައެވެ.

- ކޮމެންޓް