ކ. މާލެ
|
5 އޯގަސްޓް 2024 | ހޯމަ 20:12
ޕްރޮކްސީގެ ބައެއް ޕްރޮޑަކްޓްތައް
ޕްރޮކްސީގެ ބައެއް ޕްރޮޑަކްޓްތައް
ރާއްޖެއެމްވީ
ޕްރޮކްސީ ގްރޫޕް
މިއަހަރުގެ ލިވިން އެކްސްޕޯގައި ޕްރޮކްސީގެ ސްޓޯލް އިން ގިނަ ފުރުސަތުތަކެއް
އޮގަސްޓް 8ން 11ށް ކުރިއަށްދާ މި އެކްސްޕޯގައި ޕްރޮކްސީގެ ތަފާތު އެކި ޕްރޮޑަކްޓްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ލިވިން އެކްސްޕޯގައި ޕްރޮކްސީ ގްރޫޕުން ބައިވެރިވާނެކަން އެ ގްރޫޕުން ހާމަކޮށްފިއެވެ.

މިއަހަރު ޕްރޮކްސީގެ ތީމަކީ ޑިޒައިން އެންޑް ބިލްޑްއެވެ.

އޮގަސްޓް 8ން 11ށް ކުރިއަށްދާ މި އެކްސްޕޯގައި ޕްރޮކްސީގެ ތަފާތު އެކި ޕްރޮޑަކްޓްތައް ލިބޭނެއެވެ.

މީގެ އިތުރުން މިއަހަރުގެ ލިވިން އެކްސްޕޯގައި ޕްރޮކްސީގެ ސްޓޯލް އިން ކަސްޓަމަރުންނަށް ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް ޕްރޮކްސީން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި އެޗްޑީސީގެ އިންޓީރިއާ ޕްރޮޖެކްޓްތަކަށް ޑިސްކައުންޓް ރޭޓެއް ލިބުމާއި ކަސްޓަމައިޒްޑް ފަރުނީޗަރތަކަށް ޚާއްސަ އަގެއް ލިބުން ހިމެނެއެވެ. އަދި ޕްރޮކްސީގެ ގިނަ ޕްރޮޑަކްޓްތައް ޑިސްކައުންޓް ރޭޓެއްގައި ލިބުމުގެ އިތުރުން ޕްރޮކްސީގެ ސްޓޯލްތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިނާމްތަކާއި ޑިސްކައުންޓް ކޫޕަންތައް ލިބިގެންދާނެ ކަަމަށް ޕްރޮކްސީ އިން ބުނެއެވެ.

ޕްރޮކްސީގެ ބައެއް ޕްރޮޑަކްޓްތައް - ރާއްޖެއެމްވީ

ހަމައެހެންމެ ގެސްޓް ހައުސް އަދި ހޮޓެލް އިންޓީރިއާ ބުކިންސް ޑިސްކައުންޓް ރޭޓެއްގައި ލިބުމާއި، ކޮމަރޝަން ސްޕޭސް (ފިހާރަ، ކެފޭ އަދި އޮފީސް)ތަކަށް ރެޖިސްޓަރޑް ކޮންމެ ޕްރޮޖެކްޓަކަށް ފްރީ ބޯނަސް އަދި ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ޕްރޮކްސީން ވަނީ ބުނެފައެެވެ.

ޕްރޮކްސީ ގްުރޫޕަކީ ރާއްޖޭގައި ޑިޒައިން އެންޑް ބިލްޑްގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދޭ އެއް ކުންފުނި ކަމަށް ވާއިރު މި ކުންފުނިން ދަނީ އިންޓީރިއަރ ޑިޒައިން ކަަސްޓަމަރު ބޭނުުންވާ ގޮތަށް ކޮށްދެމުންނެވެ.

ހިދުމަތް ދިނުމުގައި ބޭނުންކުރާ ޕްރޮޑަކްޓްގެ ކޮލެޓީއަށް އިސްކަންދޭ ޕްރޮކްސީއަކީ ކަސްޓަމަރ ޚިޔާރުކުރާ ޕްރޮޑަކްޓްގެ ވެރައިޓީސް ލިބެން ހުރި ތަނެކެވެ. ޕްރޮކްސީ އަކީ އާންމު މީހުން ދިރިއުޅޭ ގޭގެއިން ފެށިގެން އޮފީސްތަކާ ރިސޯޓްތަކުނު ޑިޒައިން އެންޑް ބިލްޑްގެ މަސައްކަތްވެސް ކުރާ ތަނެކެވެ.

ލިވިންއެކްސްޕޯ ކުރިއަށްދާނީ އޮގަސްޓް 8ން 10ށް ސެންޓްރަލް ޕާކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް