ކ. މާލެ
|
3 އޯގަސްޓް 2024 | ހޮނިހިރު 18:31
އައިއާރުޖީސީގެ ކޮމާންޑަރ އިން ޗީފް މޭޖަރ ޖެނެރަލް ހުސެއިން ސަލާމީ އައިއާރުޖީސީގެ ގްރައުންޑް ފޯސަސްގެ އަސްކަރީ ޑްރިލްއެއްގައި އަސްކަރީ އުޅަނދުތައް ބައްލަވާލައްވަނީ
އައިއާރުޖީސީގެ ކޮމާންޑަރ އިން ޗީފް މޭޖަރ ޖެނެރަލް ހުސެއިން ސަލާމީ އައިއާރުޖީސީގެ ގްރައުންޑް ފޯސަސްގެ އަސްކަރީ ޑްރިލްއެއްގައި އަސްކަރީ އުޅަނދުތައް ބައްލަވާލައްވަނީ
ރޮއިޓާސް
ހަނިއްޔާ އަވަހާރަކޮށްލުން
ހަނިއްޔާ އަވަހާރަ ކޮށްލީ އިމާރާތަށް ކުރު ރާސްތާ މިސައިލް ހަމަލާއެއް ދީގެން: ރިވޮލިއުޝަނަރީ ގާޑްސް
ހަމަލާ ދީފައިވަނީ ހަނިއްޔާ ހުންނެވި ގެސްޓް ހައުސްގެ ގޯތިން ބޭރުން 7 ކިލޯގެ ގޮވާތަކެތި އެކުލެވޭ ވޯ ހެޑެއް ހަރުކޮށްފައިވާ ކުރުރާސްތާ މިސައިލެއް ފޮނުވާލައިގެންނެވެ.

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް އަވަހާރަ ކޮށްލީ އޭނާ ހުންނެވި އިމާރާތުގެ ބޭރުން ދިން ކުރު ރާސްތާ މިސައިލް ހަމަލާއެއް ގައި ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރުޖީސީ) އިން ހާމަ ކޮށްފިއެވެ.

އައިއާރުޖީސީ އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާ ހިސާބަށް ހަމަލާގެ ހަގީގަތް ހޯދުމަށް ހިންގުނު ތަހުގީގުން، ހަމަލާ ދީފައިވަނީ ހަނިއްޔާ ހުންނެވި ގެސްޓް ހައުސްގެ ގޯތިން ބޭރުން 7 ކިލޯގެ ގޮވާތަކެތި އެކުލެވޭ ވޯ ހެޑެއް ހަރުކޮށްފައިވާ ކުރުރާސްތާ މިސައިލެއް ފޮނުވާލައިގެން ކަން އެނގިފައިވާ ކަމަށެވެ.

އީރާނުގެ ބައެއް މީޑިއާ ތަކުން އަދި ހަމާސްގެ ބައެއް އޮފިޝަލުން މީގެ ކުރިން ވެސް ބުނެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެފައިވަނީ ހަނިއްޔާ އަވަހާރަ ކޮށްލީ މިސައިލް ހަމަލާއެއް ދީގެން ކަމަށެވެ. އެހެން ނަމަވެސް ބައެއް އެހެން ރިޕޯތްތައް ބުނެފައިވަނީ ހަނިއްޔާ އަވަހާރަ ކޮށްލީ އޭނާ ހުންނެވި ގެސްޓް ހައުސްގައި ފޮރުވާފައި އޮތް ބޮމެއް ރިމޯޓްކޮށް ގޮއްވާލައިގެން ކަމުގައެވެ.

އައިއާރުޖީސީ ގެ ބަޔާނުގައި ހަނިއްޔާ އަވަހާރަ ކޮށްލަން ދިން ހަމަލާގެ ބަދަލުގައި އިޒްރޭލަށް ހަރުކަށި އަދަބު "ކަނޑައެޅޭ ތަނެއްގައި، ކަނޑައެޅޭ ވަގުތެއްގައި" ދޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އައިއާރުޖީސީ ގެ ބަޔާކުގައި އިޒްރޭލުން ހަމަލާ ދިނީ އެމެރިކާގެ ޖަރީމާ ސަރުކާރުގެ ތާއީދާ އެކުގައި ކަމަވެސް ބުނެފައިވެއެވެ.

- ކޮމެންޓް