Advertisement
ކ. މާލެ
|
3 އޯގަސްޓް 2024 | ހޮނިހިރު 19:18
ފުލުހުންގެ ވެހިކަލް އެއްގައި ރޯކޮށްލާފައި
ފުލުހުންގެ ވެހިކަލް އެއްގައި ރޯކޮށްލާފައި
ޕޮލިސް
ފުލުހުންގެ ސައިކަލަށް ގެއްލުން ދިނުން
ނ.ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލަ އާއި ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރޭ - ފުލުހުން
އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރޭ
ފުލުހުން ބުނީ މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް

ނ.ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލަ އާއި ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ނ.ހެނބަދޫގައި 2 ފުލުހެއްގެ ސައިކަލަށް ގެއްލުންދިންކަން ފުލުހުން ހާމަކުރީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ.

އެކަމާއި ގުޅިގެން ސުވާލުކުރުމުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން މި ހާދިސާ ހިނގިތާ 24 ގަޑި އިރު މިވަނީ ވެފައެވެ.

ނަމަވެސް ނ. ހެނބަދޫގައި 2 ފުލުހެއްގެ ސައިކަލަށް ގެއްލުންދީފައިވަނީ އޮގަސްޓް މަހުގެ 1 ވަނަ ދުވަހާއި އެ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން އެކަން ހާމަކުރެއްވީ އޭނާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

Advertisement

ޝިފާން ވިދާޅުވީ މިކަމަކީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ޝިފާން ހާމައެއް ނުކުރައްވައެވެ.

ޝިފާން އިތުރަށް ވިދާޅުވީ މިފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެކަން މިފަދަ ވިސްނުމުގައި އަމަލުކުރަމުންދާ ފަރާތްތަކަށް ހަނދާންކޮށްދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް