Advertisement
ކ. މާލެ
|
1 އޯގަސްޓް 2024 | ބުރާސްފަތި 18:22
ބީއެމްއެލްގެ ބްރާންޗެއް
ބީއެމްއެލްގެ ބްރާންޗެއް
ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލްގެ ޚިދުމަތަށް ބުރު އަރާފައި ވަނީ ހިއުމަން އެރަރއެއްގެ ސަބަބުން، މައްސަލަ ހައްލުކޮށްފި
މިހާރު މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި ޚިދުމަތް ވެސް ރަނގަޅަށް ލިބޭނެ ކަމަށް ބޭންކުން ބުނޭ
ޚަބަރުގެ އޯޑިއޯ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތަށް ބުރު އަރާފައި ވަނީ ހިއުމަން އެރަރ ނުވަތަ ޚިދުމަތް ދިނުމުގައި މަސައްކަތް ކުރި މީހަކަށް އޮޅުމަކުން ކުރެވުނު ކަމަކުން ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ މަރިޔަމް ނުޒުހަތު ރާއްޖެއެމްވީ އަށް ވިދާޅުވީ މި މައްސަލަ ދިމާވީ މުސާރަ ޖަމާކުރުމުގެ މަރުހަލާގައި ދިމާވި މައްސަލަ އެއްގެ ސަބަބުން ކަމަށެވެ. އަދި މިހާރު މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި ޚިދުމަތް ވެސް ރަނގަޅަށް ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ.

ދިމާވި މައްސަލަ އަކާއި ގުޅިގެން ބައެއް މީހުންގެ އެކައުންޓްތަކަށް އާދަޔާއި ޚިލާފަށް ބޮޑެތި ޢަދަދުތަކުން ފައިސާ ޖަމާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނުޒުހަތު ވިދާޅުވީ އެ އެކައުންޓްތައް ދެނެގަނެ، އެކައުންޓްތަކަށް އޮޅިގެން ޖަމާވި އަދަދުތައް އިއާދަކޮށްފައިވާ ކަމަށެވެ. އަދި އެ ޓްރާސެކްޝަންތައް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއވެ.

Advertisement

އޭނާ ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން މާލީ ގޮތުން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައި ނުވާނެ ކަމަށެވެ. މި މައްސަލަ ދިމާވީ ޕޭ ރޯލް ނުވަތަ މުސާރަ ދިނުމުގެ ބޭނުމަށް ބަލްކް ޕޭމެންޓްތަކެއް ނުވަތަ ބޮޑެތި އަދަދުތަކުން ދޭން ޖެހޭ ފައިސާގެ މުޢަމަލާތުތަކެއް ހިންގުމުގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ބީއެމްއެލްގެ ކަސްޓަމަރުންނަށް މިކަމާއި ގުޅިގެން ދިމާވި ދަތިކަމަށް ބީއެމްއެލް އިން ވަނީ މަޢާފަށް އެދިފައެވެ.

މި މައްސަލަ ހައްލުވަންދެން ބީއެމްއެލްގެ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގެ ޓްރާންސްފަރގެ މުއާމަލާތުތައް ވަނީ މެދުކެނޑިފައެވެ.މި މައްސަލަ މިފަދައިން މެދުވެރިވި ނަމަވެސް ބީއެމްއެލްގެ ސިސްޓަމްއަކީ ރައްކާތެރި ސިސްޓަމެއްކަމުގެ ޔަޤީންކަން ބޭންކުން އާއްމުންނަށް ދެއެވެ.

ބީއެމްއެލް އިން މި މައްސަލަ ދިމާވީ ކޮން ކުންފުންޏެއްގެ ޕޭރޯލް އާއި ގުޅިގެންކަން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ލިލީ ބީޗްގެ ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި މިއަދު 77 ބިލިޔަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބުނާ ސްލިޕްތަކެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް