ކ. މާލެ
|
1 އޯގަސްޓް 2024 | ބުރާސްފަތި 11:47
ކެނަޑާ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-އޭޕީ
ކެނަޑާ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-އޭޕީ
އޮލިމްޕިކްސް 2024
6 ޕޮއިންޓް އުނިކުރުމުން ވެސް ކެނަޑާ ކްއާޓާ ފައިނަލަށް
ކްއާޓާ ފައިނަލްގައި ވާދަކުރާނީ ޖަރމަނީއާ އެވެ.

6 ޕޮއިންޓް އުނިކުރުމުންވެސް އޮލިމްޕިކްސް ފުޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ކްއާޓާ ފައިނަލުން ކެނަޑާ ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގެ ކުރިން ޑްރޯން އަރުވައިގެން ނިއުޒީލެންޑްގެ ޕްރެކްޓިސް ބެލި މައްސަލާގައި, ފީފާއިން ކެނަޑާގެ 6 ޕޮއިންޓް އުނިކުރިއެވެ. އަދި ކޯޗު ސަސްޕެންޑް ކުރިއެވެ. އެއަދަބާ އެކުވެސް ކެނަޑާ ކްއާޓާ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި 1-0 ން ކޮލަމްބިޔާ ބަލިކޮށްގެންނެވެ. މެޗުން ކެނަޑާ މޮޅުކޮށްދިން ލަނޑު ޖެހީ ވަނެއްސާ ގިލްސް އެވެ. ކެނަޑާ އަތުން އުނިކުރީ ފުރަތަމަ ނިއުޒީލެންޑް އަތުން މޮޅުވި މެޗާއި, ފްރާންސް އަތުން މޮޅުވި މެޗުގެ ޕޮއިންޓް އުނި ކުރިއެވެ. އެއާއެކުވެސް ކެނަްޑާ ވަނީ 3 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ހޯދާފައެވެ. 3 ޕޮއިންޓާއެކު ކޮލަމްބިޔާވެސް ކްއާޓާ ފައިނަލަށް ދަތުރުކުރިއެވެ. ކޮމަބިޔާ މެޗުގެ ކުރިން ކެނަޑާއިން ޕޮއިންޓް އުނިކުރި މައްސަލަ އެޕީލް ކުރި ނަމަވެސް އެމައްސަލަ ކާމިޔާބެއް ނުވިއެވެ.

މެޗަށްފަހު ލަނޑު ޖެހި ގިލްސް ބުނީ އެފިޔަވަޅާއެކުވެސް ޓީމް އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. ޓީމެއްގެ ގޮތުގައި ކްއާޓާ ފައިނަލަށް ދިއުމަށް ފަހު ވަގުތާ ހަމައަށްވެސް މަސައްކަތް ކުރި ކަމަށް ބުންޏެވެ. ކްއާޓާ ފައިނަލްގައި ކެނަޑާ ވާދަކުރާނީ ޖަރުމަނާއެވެ. ކޮލަމްބިޔާ ވާދަކުރާނީ ސްޕެއިންއާއެވެ. ބްރެޒިލް ވާދަކުރާނީ ފްރާންސާއެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ކެނަޑާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް