Advertisement
ކ. މާލެ
|
30 ޖުލައި 2024 | އަންގާރަ 23:58
ހަވަރު ބެރު ޕެނަލް ޑިސްކަޝަންގެ ތެރެއިން
ހަވަރު ބެރު ޕެނަލް ޑިސްކަޝަންގެ ތެރެއިން
އެމްޑީޕީ
ހަވަރު ބެރު ޕެނަލް ޑިސްކަޝަން
ބަދަލުގެ ގޮތުގައި ދޭންޖެހުނު ފައިސާގެ ތެރެއިން 900 މިލިއަން އެއީ މުއިއްޒު އާބިޓްރޭޝަނުގައި ދައުލަތާއި ދެކޮޅަށް ހެކިދީގެން ދޭންޖެހުނު އެއްޗެއް - ފައްޔާޒު
ބަދަލުތައް ދޭން ޖެހުނީ 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދޭތެރޭގައި އަމަލުކޮށްފައި ހުރިގޮތުގެ ސަބަބުން
މުއިއްޒު ހިމެނޭ ސަރުކާރުން ގޯސްކޮށް އުވާލި އެއްބަސްވުމުގެ ސަބަބުން 1.5 ބިލިއަން ދޭން ޖެހުނު
ޚަބަރުގެ އޯޑިއޯ

އެމްޑީޕީގެ ސަރުކާރުން 2.5 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޭންޖެހުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާއިރު، އެ ފައިސާގެ ތެރެއިން 900 މިލިއަން އެއީ މުއިއްޒު އާބިޓްރޭޝަނުގައި ދައުލަތާއި ދެކޮޅަށް ހެކިދީގެން ދޭން ޖެހުނު އެއްޗެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުން ސެޓްލްމަންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ދިން ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް އޭގެކުރިން ވިދާޅުވަމުން އައީ 1 ބިލިއަން ރުފިޔާގެ ވާހަކަ ކަމަށެވެ. އަދި ސެޓްލްމެންޓް ކުރަން ޖެހުމަކީ ވަރަށް ވިޔާނުދާ ކަމެއް ކަމަށާއި، ނަމަވެސް އެކަން ކުރައްވަން ޖެހުނީ 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދޭތެރޭގައި އަމަލުކޮށްފައި ހުރިގޮތުގެ ސަބަބުން ކަމަށެވެ.

އެގޮތުން ނޫމަޑިއަކީ އެއްމިސާލު ކަމަށާއި، އެ ކުންފުންޏަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ހައުސިންގެ މަސައްކަތްތަކަކާއި ފެނާ ނަރުދަމާގެ މަސައްކަތްތަކެއް ކުރުމަށް ހަވާލުކުރެވުނު ކުންފުންޏެއް ކަމަށެވެ. އެމީހުންނާއެކު ހަދާފައިވާ އެގްރީމަންޓް ނުހައްގުން ބާތިލްކޮށްފައިވާ ކަމަށާއި، ބާތިލްކުރީ އެއިރުގެ ހައުސިންގެ މިނިސްޓަރު ކަމަށެވެ.

Advertisement

އަދި ނެކްސްބިޒް ކުންފުންޏެއްވެސް ހިމެނޭ ކަމަށާއި، ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ބޯޑަރ ކޮންޓްރޯލް ސިސްޓަމް ހަވާލުކޮށްފައި އޮއްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ އެގްރީމެންޓު ބާތިލްކުރި ކަމަށެވެ.

މީގެ އިތުރުން ފުށިދިއްގަރުފަޅުގެ އެގްރީމަންޓް ކުރީގެ ފިނޭން މިނިސްޓަރު އަބްދުﷲ ޖިހާދު އުވާލެއްވި ކަމަށެވެ. އަދި މި އެގްރީމެންޓްތައް ގޯސްކޮށް އުވާލީ ކަމަށާއި، އެކަންވެސް ކުރީ ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވާ ވެރިކަމުގެ ތެރެއިން ކަމަށެވެ.

މި އެގްރީމެންޓްތައް ޓަރމިނޭޓްކޮށްގެން، ސިންގަޕޫރުގެ އާބިޓްރޭޝަނުގައި މި މައްސަލަ މި އޮންނަނީ. ސިންގަޕޫރުގެ އާބިޓްރޭޝަނަށް ގޮސްގެން ނެކްސްބިޒް ކިޔާ ކުންފުންޏަށް 18 މިލިއަން ޑޮލަރުގެ ބަދަލު ދޭންޖެހުނު. އެއީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ. ދެން ނޫމަޑި ކުންފުންޏަށް 55 މިލިއަން ޑޮލަރު، އެއީ ގާތްގަނޑަކަށް 900 މިލިއަން ރުފިޔާ ދޭން ޖެހުނު. އެ އެގްރީމެންޓް ބާތިލުކުރެއްވީ އެއިރުގެ ހައުސިންގ މިނިސްޓަރު. އެ ކުންފުނީގެ ފަރާތުން ސިންގަޕޫރުގެ އާބިޓްރޭޝަނުގައި އެކުންފުންޏާ އެއްކޮޅަށް، ދިވެހި ދައުލަތާ އިދިކޮޅަށް ހެކިދެއްވީ އެ ބާތިލުކުރެއްވި ހައުސިންގ މިނިސްޓަރު. އެބޭފުޅާ ވިދާޅުވަނީ އެގްރީމެންޓް އުވާލީ ގޯސްކޮށޭ. މިއީ ސިންގަޕޫރުގައި ހުންނަ އިންޓަރނޭޝަނަލް އާބިޓްރޭޝަން. ދުނިޔޭގެ ފެންވަރުގައި އެންމެ ވަރުގަދަ އެއްތަން. އެތަންތަނުގައި ތަފާތެއް ނުވާނެ ސަރުކާރެއް. އެހެންވީމާ އެ ޓާމިނޭޓްކުރި ސަރުކާރުގެ މިނިސްޓަރު އައިސް މި ވިދާޅުވަނީ ތިމަންނާ ގޯސްކޮށޭ މި ޓާމިނޭޓް ކުރީ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް

ފައްޔާޒް ވިދާޅުވީ ސަރުކާރުގައި ހުންނަވައިގެން އެގްރީމެންޓް ބާތިލްކުރި މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކޯޓުގައި، އެގްރީމެންޓް ބާތިލްކުރެއްވީ ގޯސްކޮށް ކަމަށް ވިދާޅުވުމުން ސަރުކާރަކުން އެކަން ދިފާއުކުރާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

އަދި 2.5 ބިލިއަން ބަދަލުގެ ގޮތުގައި ދިންކަމަށް ރައީސް މުއިއްޒު ވިދާޅުވާ އަދަދެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި، އޭގެ ތެރެއިން 900 މިލިއަން ރުފިޔާއަކީ ނޫމަޑިއަށް، މިހާރު ހުންނެވި ރައީސް ޑރ. މުއިއްޒު ދިވެހިރައްޔިތުންނަށް ދިން ބޮޑު ލަގާއެއް ކަމަށެވެ. ފުރަތަމަވެސް އެގްރީމެންޓް އުވާލީ ގޯސްކޮށް ކަމަށާއި، އާބިޓްރޭޝަނުގައި ވެސް ދައުލަތާއި އިދިކޮޅަށް ހެކިދެއްވި ކަމަށެވެ.

900 މިލިއަން ރުފިޔާގެ ތެރެއިން ކޮންމެވެސް ބައެއް ލިބިފައި އޮންނާނީ. އަޅުގަނޑަށް ޔަގީން. ފުށިދިއްގަރު ފަޅު 20 މިލިއަން ޑޮލަރު ގާތްގަނޑަކަށް، އެއީ 350 މިލިއަނެއްހާ ރުފިޔާ. އެހެންވީމާ އެ ވިދާޅުވާ 2.5 ބިލިއަންގެ ތެރެއިން، ރަނގަޅު 1.5 ބިލިއަންއަކީ އެބޭފުޅުން ކުރައްވާފައި އޮތް ބޮޑެތި ޖަރީމާތައް. ރައީސް ޞާލިހު ކެމްޕޭން ކުރެއްވި އިރުގައި ވީވައުދެއް, ނުހައްގުން ގޯސްކޮށް ބާތިލްކޮށްފައިވާ އެގްރީމެންޓްތަކަށް އިންސާފުވެރި ބަދަލެއް ދޭނެ ވާހަކަ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް

ފައްޔާޒު ވިދާޅުވީ ކުރީ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީން 100 މިލިއަން ނުވަތަ 200 މިލިއަން ރުފިޔާގެ ފައިސާގެ ބަދަލު ދީފައިވާނެ ކަމަށެވެ. އަދި ގިނަ ބަދަލުތައް ދެވިފައި ހުންނާނީ އަތުލާފައިހުރި އެއްޗެހި އަނބުރާ ދިނުމާއި، މަޖިލީހުން ހަދާފައި އޮތް ގަވާއިދަކަށް ރިއާޔަތްކޮށް ދީފައިވާ އަދަދުތަކެއް ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް